29 އޮކްޓޯބަރ 2024
ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ އާ ސަފީރަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ އާ ސަފީރަކަށް ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިހާރު ހުންނެވި ސަރީރަށް ރުހުން ދިނުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ރުހުން އޮތް ކަމަށް 86 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރީރު މީގެ ކުރިން ހުންނެވީ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އޭޝިއާ ޑިރެކްޓަރެއްގެ ގޮތުގައި ސައުދީގަ އެވެ. އަދި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކެޓްރީގެ މަގާމު އަދާ ކުރައްވައިފަ އެވެ. އެވެ. އަދި އޭގެކުރިން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ވެސް 2012 އިން ފެށިގެން އޭނާ އަދާ ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް އޭނާ އަދާ ކުރެއްވި އެވެ.
ސަރީރު ވަނީ 1986 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގެ އެކި މަގާމުތައް އަދާ ކުރައްވައިފަ އެވެ.
ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް މީގެ ކުރިން މަޖިލީހުން ވަނީ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދުގެ ނަން ވެސް ފާސްކޮށްފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޕާކިސްތާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.
ސައޫދީގެ ސަފީރު ކަމަށް ސަރީރު އައްޔަން ކުރަނީ
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ފަޒީލް ހިމެނޭހޭން 3 ގައުމެއްގެ ސަފީރުންނަށް ރުހުންދީފި
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އިންޑިއާއިން ހުށަހެޅި މައްސަލަ ބަލަން އެދިއްޖެ
ފޮރިން ސާވިސް ވަކިކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި
ސައުދީން ރާއްޖެ އަށް އާ ސަފީރެއް
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ރާއްޖެއަށް އިތުރު ކުރިއެރުން ލިބޭނެ: ސައުދީ