ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ބޭރުގެ ސިފައިން ރާއްޖޭގައި ހިންގާ ތަމްރީނަކަށް ފިޔަވައި އެހެން އެއްވެސް ސިފައެއްގައި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ހަރަކާތްތެރި ނުވެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އިސްލާހު ކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ މާއްދާގައި މިހާރު ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ ރާއްޖެ އިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަށް ދީގެން ނުވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ރާއްޖެ އިން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުން އަސްކަރީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެން މެނުވީ އަސްކަރީ ބޭނުމަށް ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ރާއްޖެއިން ބޭރުގެ ސިފައިންނާ ގުޅޭ މާއްދާ މިހާރަށް ވުރެ ހަރުކަށި ކޮށްފައިވާ އިރު އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމާއި އެ ގައުމާ އެކު ވެފައިވާ ދިފާއީ އެއްބަސްވުންތައް ރިވިއުކޮށް ރާއްޖޭގެ ސިޔާސަތަށް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އުވާލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ.
ރާއްޖޭގައި ދުއްވާ އިންޑިއާގެ އުޅަނދުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން މީގެ ކުރިން ހަރަކާތްތެރިވަމުން އައީ ވެސް ގާނޫނުއަސާސީގެ މި މާއްދާ އާ ހިލާފަށް ކަމަށް އޭރު ޕީއެންސީން ބުނަމުން ދިޔަ އެވެ.
ބޭރު ސިފައިން ތިބުން ހަރުކަށިކުރާ އިސްލާހު ފާސްކޮށްފި
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް އަތް ނުލެވޭނެ؟
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!