ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
26 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެ އަޑުއެހުން ރޭ ތާވަލުކުރީ މިއަދުގެ ހެނދުނު 11:00 އަށެވެ. އަޑުއެހުން ފެށުމަށް ވަކީލުންނާއި އަޑުއަހާ މީހުން ވެސް ވެއްދި އެވެ. ނަމަވެސް، ވަކި ސަބަބެއް އެންގުމެއް ނެތި އިދާރީ މޭޒުން ވަނީ އަޑުއެހުން ކެންސަލްވެފައިވާ ކަން ވަކީލުންނަށް އަންގައިފަ އެވެ.
އެ އަޑުއެހުން ފެށުމުގެ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ.
ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލައަކީ ފުލް ބެންޗުން ބަލަމުންދާ މައްސަލައެކެވެ. އެއްވެސް ފަނޑިޔާރަކު ނެތް ނަމަ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދެވޭނެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
އެ ބިލް އޮތީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލައި، ވަކިކުރަން މަޖުބޫރުވާ ގޮތަށެވެ. ގާނޫނެއް ފާސްކޮށްގެން ފަނޑިޔާރުން ވަކިކުރުމަކީ އޮތް ފުރުސަތެއް ނޫން ކަމަަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި ޝަރީއަތް ފަށާފައިވާ ދުސްތޫރީ މައްސަލައިގެ ތެރޭގައި އެދިފައިވަނީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ. އެއީ، ފަނޑިޔާރުން މިނިވަންކަމާ އެކު، މަސައްކަތް ކުރުމަށް ހުރަސް އަޅާ ނަމަ އެފަދަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
އޭގެ އިތުރުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކާ މެދު އިޖުރާއަތެއް ހިންގުން މަނާކޮށްދޭން ވެސް މިއަދު ވަގުތީ އަމުރަކަށް އެދިފައިވެ އެވެ.
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް އަތް ނުލެވޭނެ؟
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!