މިފްކޯގެ އާ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފި އެވެ.
09 ޑިސެމްބަރ 2024
މިފްކޯގެ އާ ސީއީއޯއަކަށް ސްވިޓްޒަލެންޑުގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލުބިމޯވް އައްޔަންކޮށްފި އެވެ.
އޭނާ މިއަދު ވަނީ އެ ކުންފުނީގެ މަސައްކަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.
ޑރ. ވިޓާލީ އަކީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެކެވެ. އޭނާ ވަނީ އެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.
ސަރުކާރުގެ މަސް ކުންފުނީގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރުގެ ބޭފުޅަކު މި އައްޔަންކުރީ ދެ ފަހަރަށް އިއުލާން ކުރުމަށް ފަހު އެވެ. މިފްކޯގެ ސީއީއޯ/އެމްޑީގެ މަގާމަށް މީހަކު ހޯދަން އެންމެ ފަހުން އިއުލާންކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމުގެ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 12،000 ޑޮލަރު (185،040ރ.) އާއި 15،000 ޑޮލަރު (231،300ރ.) ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރެވެ.
މިފްކޯގެ ސީއީއޯގެ މަގާމު ހުސްވީ މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މަސް ގަންނަ އަގު ބޮޑުކުރާނެ ކަމުގެ ޔަގީންކަން
ފުރަތަމަ ދުވަހު ފުވައްމުލަކުން މިފްކޯއަށް ހަ ޓަނު މަސް
އެންސިސިން އިން ޗައިނާ، ސައޫދީއާ ވެސް މަޝްވަރާކުރަނީ
އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރު
އެންސިސް މަސް ފެކްޓަރީއާ މިފްކޯ އިން ހަވާލުވަނީ!
މިިފްކޯގެ ސީއީއޯގެ އެޑްވައިޒަރަކަށް އާތިފް
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި