ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމައި، މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.
12 ޑިސެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމައި، މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީ އަށް ވަޑައިގެންފި އެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރު މަޖިލީހަށް ހުށަހެޅި މަސައްކަތްތަކުގެ ތެރެއިން 73.3 ޕަސެންޓް ނިންމާފައިވާ ކަމަށެވެ.
ފަހު ދައުރުގައި 27 ޖަލްސާއެއް ބޭއްވިއިރު، ކޮމިޓީތަކުން 165 ބައްދަލުވުމެއް ބޭއްވި އެވެ. ޖުމްލަ 20 ބިލެއް ހުށަހަޅައި، ހަތަރު ކުއްލި މައްސަލައަކަށް ބަހުސްކުރި އެވެ. އަދި 20 މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅައި، އޭގެ މަސައްކަތްތައް ކޮށްފައިވެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދެން ފެށޭ ދައުރަކީ ވެސް މަޖިލީހުގައި އުފެއްދުންތެރި އަދި ބިނާކުރެވެނިވި މަސައްކަތްތަކެއް ކުރެވޭ ދައުރަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މަޖިލީހުގެ އާ ދައުރު ދެން ފަށާނީ އަންނަ ފެބުރުއަރީ މަހު އެވެ. އާ އަހަރަށް މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
މި ދައުރުގައި މަޖިލީހުން ނިންމި ނިންމުންތަކަށް ބަލާއިރު، ގާނޫނުއަސާސީ އަށް ގެނައި ބަދަލުތައް ފާހަގަކޮށްލެވެ އެވެ. އެ ދުވަސް ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް ގާނޫނުއަސާސީ އަށް އިތުރުކުރި އެވެ.
އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
ޕީއެންސީ ޕީޖީ: އަބްދުއްރަހީމް ބައިވެރިވެވަޑައިނުގަންނަވާ
ސާބިތުނުވާ ވާހަކަތައް މަޖިލީހުގައި ދައްކައިގެންނުވާނެ: އަބްދުއްރަހީމް
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މެންބަރުންނަކީ "ބޮޓުން" ކަމަށް ސިފަ ނުކުރަން އެދިއްޖެ
މެންބަރުން ވެސް ވަކިކުރެވެންޖެހޭނެ: އަބްދުއްރަހީމް
އާސަންދައާ ގުޅޭ ކުއްލި މައްސަލަ ބަލައެއް ނުގަތް!