ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި އެ ދާއިރާއެއްގެ މަޖިލިސް މެންބަރު ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
11 ނޮވެމްބަރ 2024
ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި އެ ދާއިރާއެއްގެ މަޖިލިސް މެންބަރު ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަކީ ގައުމުގެ މުޅި އާބާދީން ވޯޓު ލައިގެން ހޮވާ ވެރިއެއް ކަމަށާއި އޭގެ ބަދަލުގައި މެންބަރަކު ހޮވަން ވޯޓު ދެނީ އެ ދާއިރާއެއްގެ 5،000 އެއްހާ މެންބަރުން ކަމަށެވެ.
އެހެންވެ ވަކި އިޖުރާއަތްތަކެއްގެ ތެރެއިން، ރައްޔިތުންގެ މަޖިލީހަށް ރައީސް ވަކިކުރުމުގެ ބާރު އޮންނައިރު، މަޖިލިސް މެންބަރުން ވަކި ކުރެވޭނެ ގޮތް ގާނޫނު އަސާސީގައި ނެތް ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރެވޭ އެންމެ މަތީ ވެރިމީހާ ބަދަލުކުރުމުގެ ފުރުސަތު ފަހިވެފައި އޮވެފައި އޭގެ ދަށަށް އިންތިހާބުކުރެވޭ މީހުން ވަކިކުރެވޭ ގޮތް ނެތުމަކީ މި ޒަމާނާ ފައިހަމަވާ ކަމެއް ކަމަށް،" ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން ނުރުހިއްޖެ ހާލަތެއްގައި ނުވަތަ ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ކުރާ ހާލަތެއްގައި ރައްޔިތުންނަށް ނުވަތަ އެހެން ބަޔަކަށް ވެސް އެ މީހަކު މަގާމުން ވަކިކުރެވޭނެ ގޮތް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
އިތުބާރު ނެތް މައްސަލާގައި އިހުސާނަށް އެއް ގަޑިއިރު
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ