ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ގެއްލުންތައް ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ގެއްލުންތައް ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެކްސްގައި ވިދާޅުވީ، ވިއްސާރަ އާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"...އަދި ކ. ހިންމަފުށީގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްގެ ތަކެއްޗަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވަމުން ދިޔަ ކައުންސިލް މެންބަރު ވަފިއްޔާ އިބުރާހީމް ކަރަންޓްގައި ޖެހުމުގެ ސަބަބުން މާލެ ގެނައުމާ އެކު، އޭނާގެ ހާލު ބައްލަވާލެއްވުމަށް މިނިސްޓްރީގެ މުވައްޒަފުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.
މާލެ އަށާއި ރާއްޖޭގެ ގިނަ ރަށްރަށަށް އިއްޔެ ކުރި ބޯ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ސަރުކާރުން ބުނެފައި ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެމްއޭ އިން ބުނީ، މާލެ އިން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓް ލިބުނު ކަމަށާއި އޭގެ ތެރެއިން 554 ފަރާތަކުން އެހީ އަށް އެދުނީ ވެލިބަސްތާ ޖެހުމަށް ކަމަށެވެ. އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެން ހަދާފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
"މީގެތެރެއިިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިިވޭ،" އެމްއެންޑީއެމްއޭ އިން ބުންޏެވެ.
އެ އިދާރާ އިން ރޭ ބުނެފައިވާ ގޮތުގައި މި ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށެވެ. ނިލަންދޫގެ 80 ޕަސެންޓް ފެންބޮޑުވިއިރު، ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި ކަމަށް އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވެ އެވެ.
ބައެއް ރަށްރަށަށް ކާޑާއި ގޭސް ފޯރުކޮށްދޭން ފަށައިފި
ދަތުރު ނުކުރެވިދާނެތީ ކާޑު ރައްކާކުރަން އެދެފި
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
ގަދަ ވިއްސާރަޔާ ހެދި މިއަދު ސަރުކާރު ބަންދު
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ