މިއަދު ހެނދުނު ޗައިނާގެ ޓިބެޓް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރާފައި ވާއިރު ވެއްޓިފައިވާ ގެތަކުގެ އަދަދު ހާހަކަށްވުރެ ގިނަވާނެ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.
މިއަދު ހެނދުނު ޗައިނާގެ ޓިބެޓް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 126 އަށް އަރާފައި ވާއިރު ވެއްޓިފައިވާ ގެތަކުގެ އަދަދު ހާހަކަށްވުރެ ގިނަވާނެ ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެފި އެވެ.
އަންގާރަ ދުވަހު ޗައިނާ ގަޑިން 9:00 ހާއިރު ހިމަލަޔާ ފަރުބަދައަށް އައި ބިންހެލުމުގައި 126 މީހުން މަރުވެ، އިތުރު 188 މީހުން ޒަޚަމްވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.
ރޭގަނޑު ފިނިހޫނުމިން -16 ސެލްސިއަސް (3.2 ފެރަންހައިޓް) އަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭތީ، ސަލާމަތުން އޮތް މީހަކު ވެސް އަވަހަށް ސަލާމަތްކުރަން ޖެހި ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފަ އެވެ.
ޗައިނާ އާތުކުއޭކް ނެޓްވޯކްސް ސެންޓަރު (ސީއީއެންސީ) އިން ބުނެފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ ނޭޕާލްގެ ބޯޑަރު ކައިރިއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުމުގެ ބާރުމިނަކީ 7.1 މެގްނިޓިއުޑް ކަމަށެވެ.
ބިންހެލުންތަކަކީ އެ ސަރަހައްދަށް އާންމު ކަމެއް ނަމަވެސް އަންގާރަ ދުވަހު އައި ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، 200 ކިލޯމީޓަރުގެ އެ ސަރަހައްދަށް ރެކޯޑް ކުރެވުނު އެންމެ ބާރުގަދަ ބިންހެލުން ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.
ބިންހެލުމެއްގައި ޓިބެޓް ސަރަހައްދުން ބަޔަކު މަރުވެއްޖެ
ޗައިނާއަށް އައި ބިންހެލުމުގައި 13 މީހުން މަރުވެއްޖެ
ވީގޫރްގެ ބަޔަކު ތައިލެންޑުން ޗައިނާއާ ހަވާލުކޮށްފި
އުތުރުތިލަފަޅަށް ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ސްޕޯޓްސް މެޑިސިން މީހުން ތަމްރީންކުރަން ޗައިނާގެ އެހީ
އިންޑިއާގެ ނިއު ދިއްލީއަށް ބިންހެލުމެއް
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ޗައިނާގެ ޝީއިން އަލުން އިންޑިއާ މާކެޓަށް