ހުޅުމާލޭގައި ހުންނަ ސިމްޑީ ރެކްރިއާ ފިހާރައިގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
08 ޖެނުއަރީ 2025
ހުޅުމާލޭގައި ހުންނަ ސިމްޑީ ރެކްރިއާ ފިހާރައިގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސިމްޑީން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ޕްރޮމޯޝަނަކީ ގެއަށް ބޭނުންވާ އެކި އެޕްލަޔަންސްތައް ހެޔޮ އަގުގައި ގަތުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެ ޕްރޮމޯޝަނުގައި ރެފްރިޖަރޭޓަރާއި ވެކިއުމް ކްލީނަރާއި ރައިސް ކުކަރު، ދޮންނަ މެޝިން އަދި ބަދިގެއަށް ހާއްސަ އެކި އެޕްލަޔަންސްތަކުން ޑިސްކައުންޓު ލިބޭނެ އެވެ.
ހުޅުމާލޭގައި ހުންނަ ސިމްޑީ ރެކްރިއާ ފިހަރަ އަކީ ކެއުންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އާއްމު ދިރިއުޅުމަށް ބޭނުންކުރާ ބައެއް ތަކެތީގެ އިތުރުން އެކި އެޕްލަޔަންސްތައް ވިއްކަން ހުންނަ ފިހާރަ އެކެވެ. އެ ތަނުން ދުނާރު ރައިސް، ގަރަފަލޯ ޕާސްތާ، ނޫރް ސަންފްލާވާ ތެލާއި މެޔޮނައިޒް، ސަންޓާން ކޮކޮނަޓް މިލްކް، ދިލްމާ ޓީ އަދި ބޮން ކެފޭގެ ބުއިންތަކާއި މޮނިން ގޯމޭ ސިރަޕް ހުރެ އެވެ. އޭގެ އިތުރުން ކެނޮން ޕްރިންޓަރާއި ޖޭބީއެލް ސްޕީކަރާއި ގޮޑޮކްސް ލައިޓު ވެސް އެ ތަނުގައި ހުރެ އެވެ.
ސިމްޑީ ރެކްރިއާ ހުޅުމާލެ ފިހާރައިގައި އިލީ ކޮފީ ބީންސް، ކެޕްސޫލް އަދި މެޝިނު ވެސް ހުރެ އެވެ. އަދި އިލެކްޓްރޯލަކްސްގެ އިސްތިރި އާއި ރެފްރިޖަރޭޓަރު އަދި ބަދިގޭގެ އެކި އެޕްލަޔަންސްތައް ހުރެ އެވެ.
ސިމްޑީ ރެކްރިއާ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅުމަގުގަ އެވެ.
ސިމްޑީގެ ފުރަތަމަ ހަފްތާގެ އިނާމުތައް ދީފި
ރޯދަ ހަދިޔާއަކަށް ފޮނުވާނެ ހަދިޔާ ޕެކުތައް ސިމްޑީގައި
ސިމްޑީގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ސިމްޑީ ގްރޫޕަށް 24 އަހަރު ފުރުން ފާހަގަކޮށްފި
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އިލީ ކޮފީ ހިމަނައިގެން 7 ވައްތަރެއްގެ އާ ބުއިންތަކެއް
ބިއޯންޑްއަށް އަހަރެއް، ގޮންޖެހުންތަކާއެކު ވެސް ކާމިޔާބު
"އޭވިއޭޝަން ދާއިރާއަށް ސަރުކާރުން އިސްކަންދޭ"
ދިލްމާ އާއި ސިމްޑީގެ ގުޅުމުން މޫޑު ރަނގަޅުކޮށްދީފި