ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޗައިނާގެ ޝިއަމެން ސިޓީއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޗައިނާގެ ޝިއަމެން ސިޓީއާ ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ ސީ އެންޑް ޑީ ޝިއަމެން މެރަތަން 2025 ގައި ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަން ޗައިނާއަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ޒިންހުއާ ގްލޯބަލް ސާވިސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝިއަމެން އަކީ ޓެކްނޮލޮޖީ އާއި ކުޅިވަރުގެ ދާއިރާއިން ވަރަށް ކުރިއަރާފައިވާ ސަރަހައްދެއްކަން ފާހަގަ ކުރައްވައި ރާފިއު ވިދާޅުވީ، ރާއްޖެއަށް ކުޅިވަރު ކުރިއެރުވުމުގައި ޝިއަމެންގެ އެހީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، އެތުލީޓް އެކްސްޗޭންޖް ޕްރޮގްރާމެއް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ރާފިއު ޝިއަމެން މެރެތަންގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މެރަތަން ފެށުމުގެ ގޮތުން ބޭއްވި ގަންފަޔާ ސެރަމަނީގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ ޗައިނާގެ އެތުލެޓިކްސް އެސޯސިއޭޝަނާއި، ވޯލްޑް އެތުލެޓިކްސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މެރަތަންއެކެވެ. މި މެރަތަންގައި 42 ގައުމަކުން ޖުމްލަ 35،000 މީހުން ބައިވެރިވެފައިވެ އެވެ.
މިނިސްޓަރު ރާފިއުއަށް މި މެރަތަންގެ ދައުވަތު ލިބިވަޑައިގެންނެވީ މިދިޔަ އަހަރުގެ ލާމު އަތޮޅުގައި ކުރިއަށް ގެންދިޔަ ޝިއަމެން ލާމު މެރަތަންގެ ތެރެއިންނެވެ.
މިނިސްޓަރު ވަނީ ޝިއަމެން މެރަތަންގައި 5 ކިލޯ މީޓަރުގެ ދުވުން ފުރިހަމަ ކުރައްވާފަ އެވެ.
ސްޕޯޓްސް މެޑިސިން މީހުން ތަމްރީންކުރަން ޗައިނާގެ އެހީ
ފުޓްސަލް ދަނޑުތަކުގެ މައްސަލަ ހައްލުކުރަނީ
ބްރިޖް ޕްލެޓްފޯމް ރޫޅާލައި ސާފިން ސްޓޭޑިއަމެއް ހަދަނީ
ކުޅިވަރު ފަންޑެއް ގާއިމްކުރައްވަން ރައީސް ނިންމަވައިފި
ކުޅިވަރު ޕްރޮޖެކްޓަށް ސީޖީއެފުން އެހީދޭނެކަމުގެ އިޝާރާތް
ގައުމަށް ހޯދައިދޭ ރީތި ނަމުގެ ބަދަލަކީ "ނާށިގަނޑު"؟
ރާއްޖެގެ ވޮލީ ކޯޗުން ތަމްރީނުކުރަން ޗައިނާއަށް ފޮނުވަނީ
އިންޒާރަށް ނުސިހި ކުޅިވަރަށް އިސްލާހު ގެންނަން ޖެހޭ!
އޭޝިއަން ގޭމްސްގެ މެޑަލް ޓާގެޓް، ސާފިންއާމެދު އުންމީދު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު