މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އަންނަ މަހު 6 އަށް ތާވަލް ކުރަން ނިންމައިފި އެވެ.
09 ޖެނުއަރީ 2025
މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އަންނަ މަހު 6 އަށް ތާވަލް ކުރަން ނިންމައިފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ފެބްރުއަރީ 6 ގައި މަޖިލީހުގެ އާ ދައުރު ފަށައި، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އޮންނާނެ ކަން ކަށަވަރު ކޮށްދީފަ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.
މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދޭނެ ޖަވާބެއް ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
މަޖިލީހުގެ އާ ދައުރު ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ފަށާއިރު އޭގެ ކުރިން މި މަހުގެ ތެރޭގައި ވެސް ދައުރުން ބޭރުން ދެ ޖަލްސާއެއް ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ދެ އިންތިހާބު އެއްކޮށްލުމާއެކު، މުހިންމު ބިލުތަކެއް!
ގެދޮރުވެރިކަމުގެ ލޯނު ޖުލައި މަހު ދޫކުރަން ފަށަނީ
4،000 ފްލެޓް ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ
ފްލޯޓިން ސޯލާ ޕްރޮޖެކްޓް 2027 އަށް ނިންމަނީ
"މިނިވަންކަމަށް ލޮޅުމެއް އަރާފާނެކަމަކަށް ދޫނުދޭނަން"
ރިޔާސީ ބަޔާނަށް ހުރަސްއެޅި މެމްބަރުން ނެރެފި
ރިޔާސީ ބަޔާނަށް ކުރި ތައުރީފާއެކު އިިދިކޮޅަށް ސުވާލެއް!