ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ އެ ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
19 ޖެނުއަރީ 2025
ވިހެއުމުން ލިބޭ ހަ މަސް ދުވަހުގެ ޗުއްޓީގެ މުއްދަތުގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ އެ ޗުއްޓީ ކެންސަލް ނުވާ ގޮތަށް ބަދަލުކުރަން ޓްރައިބިއުނަލަށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް ވަކާލާތުކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ގެ ނައިބު ރައީސް އަބްދުﷲ ނާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ، ވިހެއުމަށް ފަހު ލިބޭ ހަ މަސް ދުވަހުގެ ތެރޭގައި ދަރިފުޅު މަރުވުމާ އެކު، އަނބުރާ ވަޒީފާ އަށް ނުކުތުމަށް އެދި ސަރުކާރުގެ ދެ އިދާރާއަކުން އެންގި މައްސަލައެއް އެ ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް، އެ ފަދަ ހާލަތެއްގައި ވަގުތުން ވަޒީފާ އަށް ނުކުތުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެކަމަށް ގާނޫނީ ހައްލެއް ހޯދަން ނިންމީ ކަމަށް ނާހިދު ވިދާޅުވި އެވެ.
އެ ސެންޓަރުން މިހާރު އަންނަނީ އެކަމުގެ މައުލޫމާތުތައް ހޯދަމުންނެވެ. އެ އަށް ފަހު، ޓްރައިބިއުނަލަށް ހުށަހަޅާނެ އެވެ.
ޕީއައިއެލްސީއަށް އެންމެ ފުރަތަމަ ހުށަހެޅީ ހަތަރު މަހުގެ ކުއްޖަކު ކުއްލިއަކަށް މަރުވުމުން، ޖެހިގެން އައި ދުވަހު އޮފީހަށް ނުކުތަމަށް އެންގި މައްސަލަ އެކެވެ.
މީގެ ދޮޅު އަހަރެއް ވަރު ކުރިން ހިނގި އެ ހާދިސާއާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުން، އެއީ ރައީސް އޮފީހުން އޭރު ފޮނުވި ސިޓީއަކާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ބުނެފައިވާ ކަމަށް ނާހިދު ވިދާޅުވި އެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ސަމާލުކަމަށް ގެނައުމުން ޓްރައިބިއުނަލަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދަން ވަނީ އަންގައިފަ އެވެ.
"އަލަތު ދަރިފުޅު ކުއްލިއަކަށް މަރުވި ތަނާ މި އެންގީ އޮފީހަށް ނުކުންނަން. މެޓާނިޓީ ލީވް އަކީ މައިމީހާ އަށް ވެސް ދޭ ޗުއްޓީއެއް ކަމަށް މި ގަބޫލުކުރަނީ،" ނާހިދު ވިދާޅުވި އެވެ.
ވިހެއުމުގެ ޗުއްޓީގައި ދަރިފުޅު މަރުވުމުން އޮފީހަށް ނުކުންނަން އެންގި ދެ ވަނަ ތަނަކީ މިނިސްޓްރީއެކެވެ. އެ މިނިސްޓްރީގެ މުވައްޒަފަކު ވިހެއިތާ ދެ މަސް ނުވަނީސް މިދިޔަ އަހަރުގެ ތެރޭގައި ދަރިފުޅު މަރުވި ދުވަހު ނޫން އަނެއް ދުވަހު އަނބުރާ އޮފީހަށް ނުކުންނަން އެންގި އެވެ.
އެކަމަކު، ޕީއައިއެލްސީން ގަބޫލުކުރާ ގޮތުގައި އެފަދަ ހާލަތެއްގައި މަޔަކު މަސައްކަތަށް ނުކުންނަން އެންގުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަމަކު، މީގެ ކުރިން ވެސް އެ ފަދަ ހާލަތްތަކުގައި އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށް، ލިބިފައިވާ މައުލޫމާތުތަކާ ހަވާލާ ދެއްވައި ނާޙިދު ވިދާޅުވި އެވެ.
ފުރާނަ ހުރި ކުއްޖަކު ވިހެއުމުން މުސާރައާ އެކު، ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފައިވަނީ، ސިވިލް ސާވިސްގެ ގަވައިދަށް ގެނައި ބަދަލާއެކު މާޗު، 7، 2019 އިން ފެށިގެންނެވެ. އެ ގަވާއިދުގައި ބުނަނީ އޭގެ ކުރިން ލިބެނީ ތިން މަސް ދުވަހުގެ ޗުއްޓީ އެވެ.
ދަރިފުޅު މަރުވިޔަސް، ޗުއްޓީ ލިބޭގޮތް ހަދަން މަޖިލީހަށް
"ޝަމްއާއަށް ހުރިހާ ލުޔެއް ދޭން މަސައްކަތްކުރިން"
ސިވިލްސާވިސްގައި އިސްކޮށް އަންހެނުން މަދު ސަބަބު ބަލަނީ
ސިއްހީ ހިދުމަތްތެރިން "ވަރުބަލިވެއްޖެ، ހައްގު ހޯދައިދީ"
ކުރިއެރުން ނުދޭތީ ސިއްހީ ދާއިރާގެ މުވައްޒަފުން ކޯޓަށް
ވިހެއުމުގެ ޗުއްޓީއާ ހެދި، ހަމަހަށް މުވައްޒަފުން ނަގަނީ
މި މުވައްޒަފު ވަޒީފާއަށް ދަނީ ދަރިފުޅު ގޮވައިގެން!
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި
ސީއެސްސީ ނައިބު ރައީސް އިބްރާހިމް ރަޝީދު ވަކިކުރަނީ
ޖާސޫސްގެ ތުހުމަތުވާ މުވައްޒަފުން ސީއެސްސީން ވަކިވެއްޖެ