ސްރީ ލަންކާގައި ކުރިން ބާރުގަދަ ރައީސުން ކަމަށްވާ ރާޖަޕަކްސަގެ ދެބެއިން ވެސް ހިމެނޭ ގޮތަށް، ދައުލަޔުގެ ލަގްޒަރީ ބަންގްލޯތަކުން ވަގުތުން ނުކުތުމަށް އެ ގައުމުގެ ވާތުފިޔައިގެ ސަރުކާރުން އަންގައިފި އެވެ.
ސްރީ ލަންކާގައި ކުރިން ބާރުގަދަ ރައީސުން ކަމަށްވާ ރާޖަޕަކްސަގެ ދެބެއިން ވެސް ހިމެނޭ ގޮތަށް، ދައުލަޔުގެ ލަގްޒަރީ ބަންގްލޯތަކުން ވަގުތުން ނުކުތުމަށް އެ ގައުމުގެ ވާތުފިޔައިގެ ސަރުކާރުން އަންގައިފި އެވެ.
ކޮލަމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިންފޮމޭޝަން މިނިސްޓަރު ނަލިންޑާ ޖަޔަތިސާ ވިދާޅުވީ ދައުލަތުގެ މި ގެތައް އަޕްމާކެޓް ބުޓިކް ހޮޓެލް ނުވަތަ މިއުޒިއަމްތަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ ލީޑަރުންނަށް ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި 1986 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން ލިބެންޖެހެނީ މަހަކު 107 ޑޮލަރުގެ ކުލި ކަމަށެވެ. އެހެންވެ ދެން ދޭނީ އެ އަދަދު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 30،000 ރުޕީސް އެވެ.
ޖަޔަތިސާ ވިދާޅުވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވަމުން ގެންދަވަނީ މަހަކު 16،500 ޑޮލަރު (4.6 މިލިއަން ރުޕީސް) ގެ ކުލީގެ އަގު ހުރި ސަރުކާރުގެ ގެއެއްގައި ކަމަށާއި އެއީ ރަސްމީ ގޮތުން ހައްގުވާ މިންވަރަށް ވުރެ 150 ގުނަ އަށް ވުރެ ބޮޑު އަދަދެއް ކަމަށެވެ.
"ކުރީގެ ރައީސުންނަށް ނުވަތަ އެ ބޭފުޅުންގެ ހުވަފަތް އަނބިންނަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައި ބޯހިޔާވަހިކަމެއް ނުދޭނެ،" ޖަޔަތިސާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ލިބޭނީ ޕެންޝަންގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުގެ ކުލީގެ އެލަވަންސެއް، އެއީ 30،000 ރުޕީސް."
މިކަމާ ގުޅިގެން މަހިންދަ ރާޖަޕަކްސަގެ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލިޔުމުން ނޯޓިސް ދީފި ނަމަ ގެ ހުސްކުރައްވަން އޭނާ ހުންނެވީ ތައްޔާރަށެވެ.
ޖަޔަތިސާ ވިދާޅުވީ އަންގާރަ ދުވަހުގެ އާންމު ބަޔާނަކީ ނޯޓިސްގެ ގޮތުގައި ބަލައި، ގެތައް ވަގުތުން ހުސްކުރެވިދާނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 2021 ވަނަ އަހަރު ބޮޑުވަޒީރުކަމުގައި ހުންނެވި އިރު ރާޖަޕަކްސަ ވަނީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން މިހާރު އޭނާ ދިރިއުޅުއްވަމުން ގެންދަވާ ގެ މަރާމާތު ކުރުމަށް ސަރުކާރުގެ 800 މިލިއަން ރުޕީސް ހޭދަކުރައްވައިފަ އެވެ.
ކުރީގެ ދެ ރައީސުން ކަމަށްވާ ޗަންދްރިކާ ކުމާރަތުންގާ އާއި މައިތުރިޕާލާ ސިރިސޭނާ ދިރިއުޅުއްވަނީ ކޮލަމްބޯގެ ޑިޕްލޮމެޓިކް ކުއާޓާގައި ހުންނަ ސަރުކާރުގެ ގެތަކުގަ އެވެ.
އޭގެ ތެރެއިން ގިނަ ތަންތަނަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރީ ވެރިކަމުގައި ލަންޑަނުގެ ސިވިލް ސާވަންޓުންނަށް ހާއްސަކޮށްގެން ހަދާފައިވާ ގެތަކެކެވެ.
މިހާރުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ ސެޕްޓެމްބަރު މަހު ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. އާ ސަރުކާރުން މިދިޔަ މަހު ވަނީ ކުރީގެ ލީޑަރުންގެ ސެކިއުރިޓީ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. މި ބަދަލުން. އަހަރަކު 1،200 މިލިއަން ރުޕީސް (4.3 މިލިއަން ޑޮލަރު) އަށް ވުރެ ގިނައިން ޓެކްސް ފައިސާއިން ސަލާމަތްކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ރާޖަޕަކްސާގެ ދެބެއިންގެ ސެކިއުރިޓީއަށް މިދިޔަ އަހަރު ދައުލަތުން 1،017 މިލިއަން ރުޕީސް (3.63 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. މި ދެ ބޭފުޅުން 2015 ވަނަ އަހަރުން، ޖުލައި 2022 އާ ދެމެދު ވަނީ ގައުމުގެ ވެރިކަން ކުރައްވައިފަ އެވެ.
ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވީ 2022 ވަނަ އަހަރު ސްރީ ލަންކާއަށް އިގްތިސާދީ ގޮތުން ކުރިމަތިވި އެންމެ ބޮޑު ހީނަރުކަމާ އެކު، ބޭރުގެ ރިޒާވް ދަށަށް ގޮސް، ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ބާވަތްތައް އިމްޕޯޓު ކުރުމަށް ބޭނުންވާ ޑޮލަރު ހުސްވުމާ އެކު ގައުމުގައި އުފެދުނު ހަމަނުޖެހުމުގަ އެވެ.
ލަންކާ ފުލުހުންގެ ވެރިޔާ ހައްޔަރުކުރަން އުޅޭތީ ފިލައިފި
ލަންކާ ގޭންގުތަކުގެ 22 މިލިއަން ޑޮލަރު ހިފަހައްޓައިފި
ލަންކާގައި މި އަހަރު ބަޑިޖެހުމުގެ 17 ހާދިސާ
ލަންކާގެ ގޭންގް ލީޑަރަކު ކޯޓުތެރޭގައި މަރާލައިފި
އަދާނީން ލަންކާގެ ބިޔަ ޕްރޮޖެކްޓު ދޫކޮށްލައިފި
ރާމާމަކުނަކާ ހެދި ލަންކާއިން ކަރަންޓު ކެނޑިއްޖެ
ލަންކާގައި ދެ ޓޫރިސްޓަކު ވިހަވެގެން މަރުވެއްޖެ
ރާޖަޕަކްސަގެ ދަރި ގެ ގަތީ "ބޮޑުދައިތަގެ ޖަވާހިރުން"
އަދާނީއާ އެކު ލަންކާއިން ހެދި އެއްބަސްވުން އުވާލައިފި
ލަންކާ ޑްރަގް ޑީލަރެއްގެ ގެއިން 283 މިލިއަން ރުޕީސް