ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އިން ލަފާކޮށްފި އެވެ.
23 ޖެނުއަރީ 2025
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އިން ލަފާކޮށްފި އެވެ.
މެޓުން ވަނީ 12 އަތޮޅަކަށް މިއަދު ވައިޓް އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މި އަތޮޅުތަކަށް މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:30 އަށް އެލާޓް ނެރެފައިވާ އިރު، ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރެ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖެ އަށް މޫސުން ގޯސް މި ދުވަސްވަރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ފަރެސްމާތޮޑާ އަށެވެ. އެ ރަށަށް 129.7 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން މިއީ އިރުވައި މޫސުމެވެ. އާންމުކޮށް މި މޫސުން ދެމިގެންދަނީ ޑިސެމްބަރުގައި ފަށައި، ޖެނުއަރީން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ އެޕްރީލް މަހު ފަށައި، މެއި މަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އިރުވައި މޫސުން ފެށި، އޭގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި، އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފަށަ އެވެ. ޖެނުއަރީ މަސް ފެށޭއިރު މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށެ އެވެ.
މި އަހަރު ފެށުނީއްސުރެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު މާލެ ސަރަހައްދަށް ވެހުނު ވާރޭގައި ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިިބިފަ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އެ ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރު ކަމަށެވެ.
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ތިބެން އިލްތިމާސްކޮށްފި
މާދަމާއިން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ