ހއ. ދިއްދުއަަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ހަދާ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
28 ޖެނުއަރީ 2025
ހއ. ދިއްދުއަަށް ދެން ވަޑައިގަންނަވާނީ އެ ރަށުގައި ހަދާ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހއ. ގެ ރަށްތަކަށް މިއަދު ރައީސް ފެއްޓެވި ދަތުރުފުޅުގައި ހަތަރުވަނަ ރަށެއްގެ ގޮތުން މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ދިއްދޫ އެއަޕޯޓަކީ އެރަށާއި އުތުރުގެ ހަތަރު އަތޮޅު ހިމެނޭހެން ތަރައްގީކުރުމުގައި ސަރުކާރުން ގެންގުޅޭ ޕްލޭންގައި ވެސް މުހިންމު މަޝްރޫއެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެއާޕޯޓު މަޝްރޫއު ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް މިރޭ ވެސް ވިދާޅުވި އެވެ.
"ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނަން. ނިންމައި ދެން އިރާދު ކުރެއްވިއްޔާ އަޅުގަނޑު އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެ އެއާޕޯޓު ހުޅުވަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ދިއްދުއަށް ވަޑައިގަތް އިރު އިދިކޮޅު ފަރާތްތަކުން ދަމާފައި ހުރި ބައެއް ބެނާތަކުގައި، ވައުދު ނުފުއްދޭ ކަމަށް ބުނެ ފާޑު ކިޔާފައި ވާއިރު ރައީސް މިރޭ އިދިކޮޅު ފަރާތްތަކަށް ރައްދު ވެސް ދެއްވި އެވެ.
"އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ތެރޭ ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި ބިން ހިއްކައި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ނިންމަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހއ. އަތޮޅުގައި ދެން އެއާޕޯޓެއް އޮންނަނީ އިހަވަންދިއްޕޮޅުގައި، ހޯރަފުށީގަ އެވެ. އެއީ ދިއްދުއާ 16 ވަރަކަށް މޭލު ދުރެވެ. ދިއްދުއާ އެންމެ ކައިރީގައި އޮންނަނީ ހދ. ހަނިމާދޫ އެއާޕޯޓެވެ. އެއީ ދިހަ ވަރަކަށް މޭލުގަ އެވެ.
ދިއްދޫގައި އިންޓަނޭޝަނަލް ފުޓްބޯލް ގްރައުންޑެއް އެޅުމުގެ އިތުރުން ރިޔާސީ އިންތިހާބުގައި ވެ ވަޑައިގަތް ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްދޫގައި މިރޭ ވަނީ އެ ރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ވެސް ރައީސް ފައްޓަވައިދެއްވައިފަ އެވެ.
ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން: ރައީސް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
ރައީސް ދިއްދޫގައި، ސަފާގީ ނެށުމާއެކު ހޫނު މަރުހަބާއެއް
ކުރިއަށް އޮތް ދެ އަހަރު ގައުމީ ދުވަސް އުތީމުގަައި