އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު، ބިލިއަނަރު އީލޮން މަސްކުގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީއަށް ސަރުކާރުގެ ޕޭމަންޓް ސިސްޓަމުގެ އެކްސެސް ދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު، ބިލިއަނަރު އީލޮން މަސްކުގެ ބެލުމުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީއަށް ސަރުކާރުގެ ޕޭމަންޓް ސިސްޓަމުގެ އެކްސެސް ދީފި އެވެ.
މިކަމުގެ މައުލޫމާތު އެނގޭ މީހުން މީޑިއާއަށް ކިޔައިދީފައިވާ ގޮތުގައި ސޯޝަލް ސެކިއުރިޓީ އާއި މެޑިކެއާ ޕޭމަންޓްތައް ފަދަ އާންމުންގެ ޒާތީ ވަރަށް ގިނަ މައުލޫމާތު އެނގޭ މި ޑޭޓަކުގައި ހިމެނޭނެ އެވެ. އަދި މި އެކްސެސް ދިނުމާ ދެކޮޅަށް ޓްރެޒަރީ ޑިޕާޓްމަންޓުގެ ދުވަސްވީ ބޭފުޅެއް ކަމަށްވާ ޑޭވިޑް ލެބްރިކް މަސައްކަތްކުރައްވަމުން ގެންދެވި ކަމަށާއި އެކަމަކު މިކަން ކޮށްފައިވަނީ އޭނާ ޗުއްޓީއަށް ފޮނުވާލުމަށް ފަހުގައި ކަމަށާއި އޭނާ މިހާރު ރިޓަޔާ ވެސް ކުރައްވައިފި ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ފެޑެރަލް އެޖެންސީތަކުން އަހަރަކު ހަ ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ފޮނުވާ މި ސިސްޓަމްގައި ސޯޝަލް ސެކިއުރިޓީ ޕޭމަންޓާއި ޓެކްސް ރިފަންޑާއި ސަރުކާރުގެ ފަރާތުން އެހެނިހެން ފައިސާ ލިބޭ އެމެރިކާގެ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު ހިމެނެ އެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އެމެރިކާގެ ސެނެޓަރު ރޮން ވައިޑެން ވަނީ މަސްކްގެ ޓީމަށް އެކްސެސް ލިބިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
"މައުލޫމާތު ލިބިފައިވާ ގޮތުގައި ޓްރެޒަރީ ސެކްރެޓަރީ ބެސެންޓް ވަނީ ޑޮޖް [ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝެންސީ] އަށް މި ސިސްޓަމަށް ވަނުމުގެ 'ފުލް އެކްސެސް' ދެއްވާފައި. ސޯޝަލް ސެކިއުރިޓީ، މެޑިކެއާ ބެނެފިޓްސް، ގްރާންޓްސް، ސަރުކާރުގެ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ، އޭގެ ތެރޭގައި ސީދާ މަސްކްގެ އަމިއްލަ ކުންފުނިތަކާ ވާދަކުރާ ކުންފުނިތައް ވެސް ހިމެނޭ. އެ ހުރިހާ މައުލޫމާތެއް،" ސެނެޓްގެ ފައިނޭންސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ޑިމޮކްރެޓިކް ލީޑަރު ވައިޑެން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ހުކުރު ދުވަހު ބެސެންޓަށް ފޮނުއްވި ސިޓީއެއްގައި ވައިޑެން ވަނީ ޕޭމަންޓް ސިސްޓަމަށް "ސިޔާސީ މަގުސަދެއްގައި ނުފޫޒު ފޯރުވާ ނަމަ" ގައުމަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝަންސީއަކީ ފެޑެރަލް ޑިޕާޓްމަންޓެއް ނޫނެވެ. އެއީ ޓްރަމްޕްގެ އަމުރަށް މަސައްކަތްކުރާ، ވައިޓް ހައުސްއިން ބޭރުގައި މަސައްކަތް ކުރާ ޔުނިޓެކެވެ.
އެކްސް އާއި ޓެސްލާ އާއި ސްޓާލިންކް ފަދަ ކުންފުނިތަކުގެ ވެރިޔާ މަސްކް ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި "މަކަރާއި ހީލަތް ހަދާ ފަރާތްތައްކަން އެނގޭ އަދި ޓެރަރިސްޓް ޖަމާއަތްތަކަށް" ފައިސާ ދެއްކުމަށް ޓްރެޒަރީ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް އަމުރުތައް އައިސްފައި ހުރި ކަމަށް ބުނެފަ އެވެ. އެކަމަކު އެއީ ކިހިނެއް އެނގުނު މައުލޫމާތެއް ކަމެއް ބުނެފައެއް ނުވެ އެވެ.
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
ވަޒީފާ ދޫކޮށްލާނަންތޯ ދެމިލިއަން މީހުން ގާތު އަހައިފި
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު