ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދާ ވަގުތު މެޗުތައް ކުޅޭ ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓުގައި ހާއްސަކޮށް ކުރިއަށްދާ އޮފާގެ ދެ ނަސީބުވެރިން ހޮވައިފި އެވެ.
02 ފެބުރުއަރީ 2025
ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދާ ވަގުތު މެޗުތައް ކުޅޭ ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓުގައި ހާއްސަކޮށް ކުރިއަށްދާ އޮފާގެ ދެ ނަސީބުވެރިން ހޮވައިފި އެވެ.
އެ ދެ ފަރާތަށް ލިބުނު އިނާމު ވެސް އުރީދޫން މިހާރު ވަނީ ދީފަ އެވެ. އެ ޕްރޮމޯޝަނަކީ ގޯލްޑަން ފުޓްސަލް މެޗުތައް ކުޅޭ ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓުން އުރީދޫގެ ސާވިސްއެއް ނަގާ ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ޓެންޓުން ހިދުމަތް ހޯދާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭނެ އެވެ. އެ ޓެންޓުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ސުޕަނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނަގައިގެން އެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
އެ ލަކީޑްރޯގައި ދޭ އިނާމުތަކުގެ ތެރޭގައި ޓީވީ އާއި ފްރިޖާއި ސޯފާ އާއި މައިކްރޯވޭވް ފަދަ އަގުހުރި އިނާމުތައް ހިމެނެ އެވެ. އަދި މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސްއެއާގެ ފަރާތުން ދެ މީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ވެސް ވަނީ ހުށަހަޅައިފަ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުން ހިދުމަތް ލިބެން ހުންނާނެ އެވެ.
އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ
އުރީދޫން ހުޅުމާލޭ ބޮޑުމިސްކިތް އޭސީކޮށް، މަރާމާތުކޮށްފި
"ކަރާ ފަޅައިގެން" އުރީދޫން އަގުހުރި އިނާމުތަކެއް
އުރީދޫގެ ނޭޝަން ގޭމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 9 ގައި
އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހުކުރު ދުވަހު ބާއްވަނީ
އަލްޓިމޭޓް ޕްލޭޔާ ހޮވަން މިހާރު ވޯޓު ލެވޭނެ
ސެމްސަންގް ސްމާޓް ވޮޗަށް އީސިމް ހިދުމަތް ތައާރަފްކުރަނީ
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އުރީދޫގެ ހާއްސަ އޮފާއެއް