Roadha Mihaaru

އުރީދޫ ނޭޝަންގެ އަލްޓިމޭޓް ޕްލޭޔާ ހޮވަން މިހާރު ވޯޓު ލެވޭނެ

އުރީދޫން ނޭޝަންގެ ގޭމިން ފެސްޓިވަލްއިން އަލްޓިމޭޓް ޕްލޭޔާ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަލްޓިމޭޓް ޕްލޭޔާ ހޮވަން މިހާރު ވޯޓު ލެވޭނެ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

16 ފެބުރުއަރީ 2025

އުރީދޫން ނޭޝަންގެ ގޭމިން ފެސްޓިވަލްއިން އަލްޓިމޭޓް ޕްލޭޔާ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފެސްޓިވަލުގައި އަލްޓިމޭޓް ޕްލޭޔަރުގެ މަގާމަށް ހަ ކުޅުންތެރިން ވާދަކުރެ އެވެ. އެ ކުޅުންތެރިންނަކީ އަހުމަދު އަޒީން ނަޒީމާއި އަހުމަދު މާހިލް އާއި ހައިޝަމް ވަހީދާއި ހަސަން ޝަމްހާންގެ އިތުރުން ރާއިދް ހަސަން އަދި ޒަމީލް ޒިހުނީ އެވެ.

މި ކުޅުންތެރިންގެ ތެރެއިން އަހުމަދު އަޒީނަކީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ކޮންޓެންޑާ ސީރީޒް އެކެއްގެ ޗެމްޕިއަން ކަމާއި އައިއީއެސްއެފް ނެޝަނަލް ކޮލިފަޔާޒް ޗެމްޕިއަން ކަމާއި އައިއީއެސްއެފްގެ ރީޖަނަލް ކޮލިފަޔާޒްގައި 12 ވަނަ ކާމިޔާބުކޮށް، ޑެސިމޭޝަން އިންޑިޕެންޑަންސް ލީގުގެ ޗެމްޕިއަންކަން އަދި ޕަބްޖީ މޮބައިލް ގޭމްއޯވާ ލީގުގެ ރަނަރަޕްގެ މަގާމު ހޯދާފައިވާ ކުޅުންތެރި އެކެވެ.

އެ މަގާމަށް ވާދަކުރާ އަހުމަދު މާހިލް އަކީ އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީޒްގެ ސީޒަން އެކެއް ކާމިޔާބުކޮށް، ނެޝަނަލް ޓީމް ކޮލިފަޔާ ޗެމްޕިއަންކަން ހޯދައި އަދި ސްޓާޒް ގްލޯބަލް ރޭންކުގެ 333 ވަނައިގައި ހިމެނޭ ކުޅުންތެރިއެކެވެ.

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާގެ މަގާމަށް ވާދަކުރާ ހައިޝަމް ވަހީދަކީ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ކޮންޓެންޑާ ސީރީޒް ސީޒަން އެކެއްގެ ޗެމްޕިއަންކަމާއި އައިއީއެސްއެސްއެފްގެ ނެޝަނަލް ކޮލިފަޔާޒް ޗެމްޕިއަންކަމާއި އައިއީއެސްއެފްގެ ރީޖަނަލް ކޮލިފަޔާޒް 12 ވަނަ އަދި ޑެސިމޭޝަން މޯލްޑިވްސް އިންޑިޕެންޑެންސް ލީގުގެ ޗެމްޕިއަންކަމާއި ޕަބްޖީ މޮބައިލް ގޭމްއޯވާ ލީގުގެ ރަނަރަޕްކަން ހޯދާފައިވާ ކުޅުންތެރިއެކެވެ.

އެ މަގާމަށް ވާދަކުރާ ހަސަން ޝަމްހާނަކީ އުރީދޫ ނޭޝަން ކޮންޓެންޑާ ސީރީޒް 1 ކާމިޔާބުކޮށް ނެޝަނަލް ޓީމް ކޮލިފަޔާ ޗެމްޕިއަންކަމާއި ސްޓާޒް ގްލޯބަލް ރޭންކުގެ 333 ވަނަ މަގާމުގައި އޮތް ކުޅުންތެރި އެވެ.

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާގެ މަގާމަށް ވާދަކުރާ ރާއިދް ހަސަނަކީ އުރީދޫ ޓޫ ވާސަސް ޓޫ ޔޫރޯ ޗެމްޕިއަންކަމާއި ކޮންޓެންޑާ ސީރީޒް 1 ގެ ރަނަރަޕް ކަމާއި ސާފާ ޕްރޯ ލީގު ސީޒަން 2ގެ ޓޮޕް 4ގައި ހިމެނުނު އެމްވީ ޔުނިފައިޑް ގޭމިންގެ އެފްސީ 24 ކްލަބްގެ ކެޕްޓަން ކަމާއި އެފްސީ 24 ގެ ގްލޯބަލް ލީޑާބޯޑުގައި ޓޮޕް 100 ގައި ހިމެނުނު އަދި އެފްސީ ޕްރޯ އޯޕަން ލެޑާގެ ލީޑާބޯޑުގެ ޓޮޕް 50 ގައި ހިމެނުނު ކުޅުންތެރިއެކެވެ.

އެ މަގާމަށް ވާދަކުރާ ޒަމީލް ޒިހުނީއަކީ އުރީދޫ ކޮންޓެންޑާ ސީރީޒް ސީޒަން އެކެއްގެ ޗެމްޕިއަންކަމާއި ނެޝަނަލް ޓީމް ޕްލޭޔަރުކަމާއި ޖީއައި ގޭމިން - ތަންޑަރަސް ތާޒްޑޭ ޔޫޓީ ކާމިޔާބުކޮށް، އޭޝިއަން ގޭމްސް ބެންކޮކްގައި ކުޅުނު ގޭމަރެކެވެ.

މި ކުޅުންތެރިންނަށް ވޯޓުލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ކުޅުންތެރިންނަށް ވޯޓުލުމަށް މެސެޖް ކުރަން ޖެހޭނީ ކުޅުންތެރިޔާގެ ނަމްބަރު ޖެހުމަށްފަހު 9144495 އަށެވެ.