Roadha Mihaaru

ހުޅުމާލެ ހޮސްޕިޓަލުން މީހެއްގެ ޒާތީ މައުލޫމާތު އާއްމުކުރި މައްސަލަ ބަލަނީ

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ބިދޭސީއެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ހޮސްޕިޓަލުން ޒާތީ މައުލޫމާތު އާއްމުކުރި މައްސަލަ ބަލަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

05 ފެބުރުއަރީ 2025

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ބިދޭސީއެއްގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ބިދޭސީއެއްގެ އެކްސްރޭ އަކާއި އޮޕަރޭޝަނަށް ފަހު ނަގާފައިވާ ފޮޓޯއެއް ލީކުކޮށްލީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަން ކުރި ފަރާތާ މެދު ފިޔަވަޅު އެޅި ކަމެއް ވިދާޅެއް ނުވެ އެވެ.

މި މައްސަލާގައި ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެފަދަ ކަމެއް އެތަނުގައި ހިނގާފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ބަލި މީހުންގެ ޒާތީ މައުލޫމާތު ލީކުކުރުމަކީ މަނާ ކަމެކެވެ.