މޯލްޑިވްސް އިސްލާމިކް ބޭންކުން ޓައިޓަލް ސްޕޮންސާކޮށްފައިވާ 12 ވަނަ އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި އެވެ.
10 ފެބުރުއަރީ 2025
މޯލްޑިވްސް އިސްލާމިކް ބޭންކުން ޓައިޓަލް ސްޕޮންސާކޮށްފައިވާ 12 ވަނަ އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި އެވެ.
ޖުމްލަ 13 އޮފީހަކުން ބައިވެރިވާ މި މުބާރާތުގައި އޮފީސްތަކުގެ ޓީމް އިވެންޓުތަކުގެ އިތުރުން ސިންގަލް ޑިވިޝަނަށް ވެސް ކުޅޭނެ އެވެ. މިހާރު ކުރިއަށް ދަނީ ސިންގަލްސް ޑިވިޝަނުގެ މެޗުތަކެވެ.
ސިންގަލްސް ފިރިހެން އެއް ވަނަ ޑިވިޝަނުގައި 27 ކުޅުންތެރިން އަދި ދެ ވަނަ ޑިވިޝަނުގައި 83 ކުޅުންތެރިން ބައިވެރިވެ އެވެ. އަދި އަންހެން ޑިވިޝަނުގައި 17 ކުޅުންތެރިއަކު ބައިވެރިވެ އެވެ.
އެ މުބާރާތުގެ ސިންގަލްސް އިވެންޓުގެ މެޗުތައް ކުރިއަށް ދަނީ ސިންގަލް އެލިމިނޭޝަން ނޮކް އައުޓް އުސޫލުންނެވެ. ސިންގަލްސް ޑިވިޝަނުގެ ފައިނަލް މެޗުތައް މިރޭ 8:30 ގައި އޮންނާނެ އެވެ.
މުބާރާތުގެ ޓީމް އިވެންޓުގެ މެޗުތަށް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ޓީމް އިވެންޓުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި އެމްއައިބީގެ އިތުރުން ކަސްޓަމްސް، އެމްއެންޑީއެފް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް، ބީއެމްއެލް، އެމްއޭސީއެލް، ޕޮލިސް ކްލަބް، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، އެމްޕީއެލް، އެސްޓީއޯ އަދި ދިރާގުން ބައިވެރިވެ އެވެ.
މި މުބާރާތް މިދިޔަ އަހަރު ވެސް ބޭއްވި އެވެ. އެ މުބާރާތުން ފިރިހެން ސިންގަލް 1 ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ މުހައްމަދު ދުންޔާޒް އެވެ. އަދި ފިރިހެން 2 ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެމްއައިބީގެ ޝިފާއު އަބްދުﷲ އެވެ. އަންހެން ސިންގަލް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމެވެ. އަދި ޓީމް އިވެންޓްގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލްއިން ކާމިޔާބުކުރި އިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
އިހްސާން ފިހާރައިން ބޮޑެތި ފައިސާގެ އިނާމުތަކެއް
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!
އެމްއައިބީން ވަގުތުން ޑޮލަރު މާރުކުރެވޭ އަޕްގްރޭޑެއް
"ބިންގާ" ގެ ނަމުގައި އެމްއައިބީގެ ހާއްސަ މާހެފުމެއް
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން