Roadha Mihaaru

އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ން މިދިޔަ ހުކުރު ދުވަހު "ބިންގާ" ނަމުގައި ބޭއްވި މާހެފުމުގައި 2000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ބެންކުން ބުނެފި އެވެ.

އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 ފެބުރުއަރީ 2025

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ)ން މިދިޔަ ހުކުރު ދުވަހު "ބިންގާ" ނަމުގައި ބޭއްވި މާހެފުމުގައި 2000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ބެންކުން ބުނެފި އެވެ.

އެމްއައިބީގެ "ބިންގާ" އެކައުންޓް ގެންގުޅޭ ކަސްޓަމަރުންގެ އިތުރުން ކުޑަކުދިން ގޮވައިގެންދާ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މާހެފުމުގައި ހާއްސަ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބައުންސިން ކާސަލް، ބެލޫން ހައުސް، ޓްރާންސްފޯމާސް ކެރެކްޓާތަކާއި އެކި ކުޅިވަރުތައް ހުއްޓެވެ.

އެ ހަރަކާތުގެ ހަވީރުގަޑީގެ ދަންފަޅީގައި ދީނީ އިލްމުވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވަނީ ކުދިންނަށް އިބުރަތްތެރި ވާހަކައެއް ކިޔައިދީފަ އެވެ. އަދި ކުދިންގެ މެދުގައި ހުރި އެކި ދީނީ ސުވާލުތަކަށް ޖަވާބުދިނުމުގެ ހާއްސަ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ހަރަކާތުގައި ރޭގަނޑުގެ ދަންފަޅީގައި ފިޓްނަސް އިންސްޓްރަކްޓާ އައިޝަތު ޝިފާނާ ވަޖީހު ވަނީ ފިޓްނަސްއާ ގުޅޭ ހާއްސަ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

އެެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެ ބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ހުޅުވާނެ އެވެ. އެއީ "ބިންގާ ޓްރާންސެކްޝަން" އެކައުންޓަކާއި "ބިންގާ ސޭވިން އެކައުންޓް" އަދި "ބިންގާ އިންވެސްޓް" އެކައުންޓެވެ.

"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތަށް ބޭނުންކުރަން އާދަވެފައިވާ ކުދިބަޔަކަށް ހަދައިދޭނެ އެކައުންޓެކެވެ. ކުދިންގެ އުމުރުން ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިން އަށް "ބިންގާ ޓްރާންސެކްޝަން" މެދުވެރިކޮށް އެކްސެސް ލިބޭނެ އެވެެ. "ބިންގާ ސޭވިން" އެކައުންޓަކީ ފަހަށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަންނުވަން ވަރަށް އެކަށޭނެ އެކައުންޓެއް ކަމަށް އެމްއައިބީން ބުންޏެވެ. އެއީ ކުރު މުއްދަތަކަށް ފައިސާ ރައްކާ ކުރަން ހާއްސަ އެކައުންޓެކެވެ.

އެމްއައިބީން ބުނި ގޮތުގައި "ބިންގާ އިންވެސްޓްމަންޓް" އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން އިތުރަށް ކިޔަވަން ނުވަތަ އެޕާޓްމަންޓެއްގެ ޑައުން ޕޭމަންޓް ދެއްކުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.

މި އީޖާދީ ބަދަލާ އެކު، ކުދިން މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީން ބުންޏެވެ. މާހެފުން ފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ވެސް އެކަމަށް ބާރު އެޅުން ކަމަށް އެ ބޭންކުން ބުންޏެވެ.