އެމްއައިބީ އާއި އިހުސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
26 ފެބުރުއަރީ 2025
އެމްއައިބީ އާއި އިހުސާން ފިހާރައާ ގުޅިގެން ބޮޑެތި ފައިސާގެ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
ރޯދަ މަހުގެ އެއް ވަނަ ދުވަހު ފަށާ އެ ޕްރޮމޯޝަނުގައި 200ރ. އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ. ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހާއްސަ ކޫޕަނެއް ފުރަން ޖެހޭނެ އެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ހާއްސަ ގުރުއަތެއް އޮންނާނެ އެވެ. އެ ގުރުއަތަކީ އިހުސާން ފިހާރައިގެ ހަތަރު އައުޓްލެޓުން ކޮންމެ އައުޓްލެޓަކުން 7 ނަސީބުވެރިން ހޮވާ ލަކީޑްރޯއެކެވެ. އެ ލަކީޑްރޯގައި ކޮންމެ ހަފްތާއަކު ހޮވާ ޖުމްލަ 21 ފަރާތަކަށް 1000ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގެ އެންމެ ބޮޑު ލަކީޑްރޯ ކުރިއަށް ދާނީ ޕްރޮމޯޝަން ނިމުމުންނެވެ. އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 75،000ރ. އެވެ. ދެ ވަނަ އަށް 50،000ރ. ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ.
އެމްއައިބީ އާއި އިހުސާން ފިހާރައާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނާ ގުޅޭ ގޮތުން އެމްއައިބީގެ މީޑިއާ މެނޭޖަރު އަހުސަން ޖަމީލް ވިދާޅުވީ އެ ޕްރޮމޯޝަނަކީ މާލެ ސަރަހައްދުގައި ހުރި ހުރިހާ އިހުސާން ފިހާރަތަކެއްގައި ކުރިއަށް ދާނެ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަން ފަރުމާކޮށްފައި ވަނީ ގިނަ ކަސްޓަމަރުންތަކަކަށް އިނާމު ލިބޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކުން ދަނީ އެބޭންކުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގިނަ ޕްރޮމޯޝަންތަކެއް ހިންގުމަށް ތައްޔާރުވަމުނެވެ. އެބޭންކުން ވަނީ ރާއްޖެއަށް އަލަށް ފަސޭހަކަމާއިއެކު ޕީއޯއެސް މެޝިނުން ފައިސާދެއްކޭ ޓެގެއް ވެސް ތައާރަފްކޮށްފަ އެވެ.
ކޮންމެ ހަފްތާއަކު ނަގާ ގުރުއަތުގައި ބައިވެރިވެވޭނީ ރޯދަ މަހުގެ ނިޔަލަށް އެ ފިހާރައިން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ. އަދި ލަކީޑްރޯގެ ބޮޑު އިނާމުތައް ހޯދުމަށް ބައިވެރިވޭނީ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކެވެ. އެ ބޭންކުން މިފަދަ އެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!
އެމްއައިބީން ވަގުތުން ޑޮލަރު މާރުކުރެވޭ އަޕްގްރޭޑެއް
"ބިންގާ" ގެ ނަމުގައި އެމްއައިބީގެ ހާއްސަ މާހެފުމެއް
އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން