ފަސޭހަކަމާ އެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފި އެވެ.
18 ފެބުރުއަރީ 2025
ފަސޭހަކަމާ އެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް އެމްއައިބީގެ އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފި އެވެ.
މިއީ، ސަރުކާރުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާ އެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާތީ އެ ފަރާތްތަކަށް ލުއި ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ޑޮލަރު މާރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން އެ ބެންކުން ގެނައި އަޕްގްރޭޑެކެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން ހިދުމަތަކީ ރައްކާތެރި ހިދުމަތެއް ކަމަށާއި އެ ޕްލެޓްފޯމުން ޑޮލަރު މާރުކުރުމަކީ ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް ހޯދޭނެ ރައްކާތެރި ހިދުމަތެއްކަން އެ ބެންކުން ފާހަގަކުރެ އެވެ.
އެ ހިދުމަތް ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެ ހިދުމަތް ހޯދަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޕޯޓަލްއަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރުކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ.
އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ފަސޭހަ، ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ އެ ހިދުމަތުން ޑާކް މޯޑްވެސް ހިޔާރު ކުރެވޭނެ އެވެ.
ފަވަރައާ އެކު އެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވާއިރު، ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިދުމަތް ވެސް ތައާރަފްކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީ އެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިން އަށް ވެސް އޮންލައިންކޮށް އެދެވެ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަށް 14 އަހަރު
އެމްއައިބީ އާއި ފަހި ޕްލާޒާ ގުޅިގެން ޕްރޮމޯޝަނެއް
އެމްއައިބީ އާއި އެސްޖޭ މޯލް ގުޅިގެން ޕްރޮމޯޝަނެއް
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
އިހްސާން ފިހާރައިން ބޮޑެތި ފައިސާގެ އިނާމުތަކެއް
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
އެމްއައިބީގެ "ބިންގާ" މާހެފުމަށް ހޫނު ތަރުހީބެއް!
"ބިންގާ" ގެ ނަމުގައި އެމްއައިބީގެ ހާއްސަ މާހެފުމެއް
އެމްއައިބީ އިންޓަ އޮފީސް ބިލިއާޑް މުބާރާތް ފަށައިފި
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން