ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ، ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ލިބިއްޖެ އެވެ.
ޔޫރަޕުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ހުއްދަ، ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ލިބިއްޖެ އެވެ.
އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އިއާސާ) ޕާޓް 145 ގެ ސެޓްފިކެޓު ލިބިފައިވާ ކަމަށާއި، މިއީ އެ ކުންފުނީގެ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ގާބިލުކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މިއީ އެ ކުންފުނިން ހާސިލުކުރި ޕާޓް 145 ގެ 12 ވަނަ ސެޓްފިކެޓު ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ޕާޓް 145 އަކީ މަތިންދާބޯޓުތައް މަރާމާތުކުރުމުގެ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑެކެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހޯދުނު ކާމިޔާބީ ފާހަގަކުރައްވައިފަ އެވެ.
Congratulations to @MaldivianAero on achieving the EASA Part 145 approval certification—the first time for such a historic milestone in aviation maintenance for the Maldives!
— Mohamed Ameen (@ameen3d) February 13, 2025
This achievement, expedited under Prez Dr. @MMuizzu ’s national airline reform and modernisation agenda,… https://t.co/c5NHboK4Ju
އަމީން ވިދާޅުވީ މިފަދަ ކާމިޔާބީތައް ހާސިލުވެގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމީ އެއާލައިން ޒަމާނީކޮށް ފުޅާކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކަމަށެވެ.
މި ސެޓްފިކެޓް ލިބުމާ ގުޅިގެން، އައިލެންޑް އޭވިއޭޝަންގެ އިންޖިނިއަރިން އޮޕަރޭޝަން ޑިރެކްޓަރު މުހައްމަދު ހަސަން ވިދާޅުވީ، މި ސެޓްފިކެޓްގެ ސަބަބުން ވެލާނާ އެއާޕޯޓަށް ޖައްސާ އެއާލައިތަކުގެ ބޯޓުތަކަށް ރަނގަޅު ފެންވަރުގެ ހިދުމަތްދެވި، ބޯޓުތަކަށް ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނަކީ މިހާރު ވެސް ގިނަ މަތިންދާބޯޓުތަކެއް މަރާމާތުކޮށް ބެލެހެއްޓުމުގެ ހިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ. އޭގެތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެންމެ ބޮޑެތި އެއާބަސްގެ ބޯޓުތަކާއި، ބޮއިން 777 އަދި 787 ފަދަ ވައިޑް ބޮޑީ މަތިންދާބޯޓުތައް ހިމެނެ އެވެ.
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ދަރަނި ބޮޑުވިޔަސް ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި