އެޗްޑީސީގެ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ 'އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2024' ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
ހުޅުމާލޭގެ ޝްވެކް ސިނަމާގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.
މިއީ އެ ކޯޕަރޭޝަނުން މިހާތަނަށް ކުރިއަށް ގެންދިޔަ ހަތް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި އަހަރުގެ ޕްރޮގްރާމް ނިންމައި، ޖުމްލަ 49 ބައިވެރިން ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ.
ޔޫތް މިނިސްޓްރީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ (އެންއޭޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ކޮންމެ ބައިވެރިއަކަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.
ކޮންމެ މަހަކު އެލަވަންސްއެއް ލިބޭ ގޮތަށް، ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހަ ދާއިރައަކުން ވަނީ ބައިވެރިން ތަމްރީނުކޮށްފަ އެވެ. އެއީ ގާޑަނިން އާއި ކޮމްޕިއުޓަ ހާޑްވެއާ އެންޑް ނެޓްވޯކިން އާއި ފްރަންޓް އޮފީސް ސާވިސަސްގެ އިތުރުން ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން އެވެ.
އެޗްޑީސީގެ ހަތްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީ އާއި ޔޫތު މިނިސްޓްރީއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެގޮތުން ތަމްރީނު ދޭ އިންސްޓިޓިއުޓްގެ ގޮތުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ހަމަޖެއްސީ ޔޫތު މިނިސްޓްރީންނެވެ.
މި ޕްރޮގްރާމުގެ މަގްސަދަކީ ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ކުރިއަށް ދާން ބޭނުންވާ ދާއިރާ އިހްތިޔާރު ކުރުމުގައި އެހީތެރިވުމާއި އެ ދާއިރާތަކުން މަސައްކަތުގެ ތަމްރީނު ހޯދައިދިނުމާއެކު ގައުމީ ލެވެލްގެ ސެޓްފިކެޓެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިވަގުތު ބިދޭސީން އަދާކުރަމުންދާ ވަޒީފާތަކަށް ދިވެހިން ތަމްރީނު ކުރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމާއެކު، ގައުމުގެ ތަރައްގީއަށް ބޭނުންވާ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން 100 މީހަކު ތަމްރީނުކުރަނީ
އެޗްޑީސީގެ ހަތަރު މުވައްޒަފަކު އަދިވެސް ސަސްޕެންޝަންގައި
"4ޓަވަރެއްގައި ލިފްޓު ހަރުކޮށް އޭޕްރީލް މަހު ނިމޭނެ"
ފާޑުކިޔުންތަކާ އެކު، ނިންމުން ބަދަލުކޮށް ގަސް އިންދަނީ
ކޮންޓްރެކްޓް އާނުކުރުމުން ޔާމީން ޓްރައިބިއުނަލަށް
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ހުޅުމާލެ 2ގެ ބަންދު ސަރަހައްދަށް ނުވަންނަން އަންގައިފި
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ހުޅުމާލޭގައި ހެދި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި
ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އެޗްޑީސީން އުވާލައިފި