Roadha Mihaaru
ޖޭޕީގެ ދިދަ އާއި ލޯޯގޯ މަނާކުރި މައްސަލަ ބޭރުކޮށްލައިފި

ޖޭޕީގެ ދިދަ އާއި ލޯޯގޯ މަނާކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

23 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކުރުމުން، އެ ޕާޓީން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖުމްހޫރީ ޕާޓީ ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކުރުމުން، އެ ޕާޓީން ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖުމްހޫރީ ޕާޓީ ހާޒިރު ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ ޖޫން މަހު އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ޕާޓީގެ ދިދަ އާއި ލޯގޯ އިން ރައީސުލް ޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.

ކޮމިޝަންގެ އެ ނިންމުން ބާތިލްކުރަން ޖުމްހޫރީ ޕާޓީން ކޯޓަށް ހުށަހެޅި މައްސަލަ މި މަހުގެ 13 ވަނަ ދުވަހު ކޯޓުން ބޭރުކޮށްލީ އެ ދުވަހު ބާއްވަން ހަމަޖެއްސި އަޑުއެހުމަށް އެ ޕާޓީން ހާޒިރު ނުވުމުންނެވެ. މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދިދައިގައި ހަނދު ފަޅިއަކާއި ތަރިއެއް ހިމެނޭއިރު ޖުމްހޫރީ ޕާޓީގެ ދިދަ އާއިި ލޯގޯގައި ވެސް ހަނދުފަޅިއަކާއި ތަރިއެއް ހިމެނެ އެވެ. ގައުމީ ދިދަ ބޭނުން ކުރުމާ ބެހޭ އުސޫލު ބުނާގޮތުން ރައީސްގެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން ފަރާތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.