Roadha Mihaaru

އެޗްޑީސީ އާއި ސަފަލް ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ރޯދަވީއްލާ ޕެކް ހަދިޔާ ކުރަނީ

އެޗްޑީސީ އާއި ސަލަފް ޖަމިއްޔާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ރޯދަ ވީއްލާ ތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.

އެޗްޑީސީން ހުޅުމާލެ ހޮސްޕިޓަލަށް ރޯދަ ވީއްލުން ހަދިޔާކުރަނީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

05 މާޗް 2025

އެޗްޑީސީ އާއި ސަލަފް ޖަމިއްޔާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލަށް ރޯދަ ވީއްލާ ތަކެތި ފޯރުކޮށްދޭން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެ ހޮސްޕިޓަލަށް ރޯދަވީއްލުން ޕެކް ފޯރުކޮށްދިނުމަށް ސަލަފް ޖަމިއްޔާއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ރޯދަވީއްލުން ޕެކް ތައްޔާރުކުރުމަށް ބޭނުންވާ ތަނެއް ސަލަފް ޖަމިއްޔާ އަށް އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް މި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ރޯދަވީއްލުން ޕެކް ފޯރުކޮށްދޭނެ ކަމަށެވެ.

މިއީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް، ރޯދަމަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ސީއެސްއާރުގެ ދަށުން ކުރިމަގުގައި ވެސް މިފަދަ މުޖުތަމައަށް ފައިދާ ހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާ އެކު، ރޯދަމަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.