Roadha Mihaaru
އޭދަފުށީގައި ހުމަށް ފަރުވާ ދެނިކޮށް މީހަކު މަރުވެއްޖެ

އޭދަފުށީގައި ވެސް ހުމަށް ފަރުވާ ދެނިކޮށް އަންހެނަކު މަރުވެއްޖެ

16 މާޗް 2017

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުން ޖެހިގެން ބ. އޭދަފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އަންހެނަކު ރޭ ފަތިހު މަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުން ޖެހިގެން ބ. އޭދަފުށީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އަންހެނަކު ރޭ ފަތިހު މަރުވެއްޖެ އެވެ.

އޭދަފުށީ ހޮސްޕިޓަލުގައި އިއްޔެއިން ފެށިގެން އެޑްމިޓްކޮށްގެން ފަރުވާދެނިކޮށް މަރުވީ، އޭދަފުށީ، ލީލީޕާކު، ފާތުމަތު ނަޖުމާ މޫސާ، 59، އެވެ. އޭނާ އަކީ، އެނގިފައިވާ ގޮތުގައި ނޭވާލުމުގެ ނިޒާމުގައި މައްސަލަތަކެއް ހުންނަ މީހެކެވެ. އެހެން ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް، އަދި އޭނާ އެޗްވަންއެންވަން އަށް ޕޮޒިޓިވް ކަމެއް އަދި ސާފެއް ނުވެ އެވެ.

މާލެ އާއި އެކި އަތޮޅުތަކުގައި ވަރަށް ބާރަށް ހުން ފެތުރެމުންދާއިރު ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުންނަށް ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވްވެފަ އެވެ.

ސްވައިން ފްލޫ ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔަ އަންހެނަކު ވެސް ރޭގެ ވަގުތެއްގައި ވަނީ މަރުވެފަ އެވެ.