ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމަށް "އޯގަނިކް ޓްރޮޕިކަލް ގާޑެނިން" ގެ ނަމުގައި އޮންލައިން ކޯހެއް ސޮނެވާ އިން ތައާރަފް ކޮށްފި އެވެ.
06 ޖުލައި 2020
ޖަޒީރާ މާހައުލެއްގައި ކާނާ ހައްދަން ދަސްކޮށްދިނުމަށް "އޯގަނިކް ޓްރޮޕިކަލް ގާޑެނިން" ގެ ނަމުގައި އޮންލައިން ކޯހެއް ސޮނެވާ އިން ތައާރަފް ކޮށްފި އެވެ.
ކުޑަ ބެލްކަންޏެއްގައި، ގޭގެ ބަގީޗާގައި ނުވަތަ ބޮޑު ދަނޑެއްގައި ނަމަވެސް، އަލަށް ކާނާ ހައްދަން ދަސްކުރަން ބޭނުންވާ މީހުންނަށް މި ކޯސް ވަނީ ހާއްސަކޮށްފަ އެވެ.
ބ.އަތޮޅުގައި އޮންނަ ސޮނެވާފުށީގައި ނަގާފައިވާ މި ކޯހުގެ 10 ވީޑިއޯ އެޕިސޯޑު މިހާރު ވަނީ ފޭސްބުކްގައި އާންމުކޮށްފަ އެވެ. ގަސް ހައްދަން ސަރަހައްދެއް ތައްޔާރުކުރާނެ ގޮތާއި ގަސް އިންދުމުގައި އަމަލުކުރާނެ ގޮތްތަކާއި ދަނޑު ބަލެހެއްޓުމާއި ތަރުކާރީ ކަނޑާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހައްދާ ތަރުކާރީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތައް މި ކުރު ވީޑިއޯތަކުން ކިޔައިދޭނެ އެވެ.
ސޮނެވާގެ ރިސޯޓުތަކުގައި އޯގަނިކް ދަނޑުވެރިކަން އަންނަނީ ކުރަމުން-- ފޮޓޯ: ސޮނެވާ
މިއީ ބ. މާޅޮސް، ކިހާދޫ، ދަރަވަންދޫ، ސޮނެވާ އަދި ކޮމަން ސީސް ގުޅިގެން ހިންގާ ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ ތެރެއިން ތައްޔާރުކޮށްފައިވާ ކޯހެކެވެ.
ސޮނެވާގެ ސީއީއޯ ސޯނޫ ޝިވްދަސާނީ ވިދާޅުވީ، އުންމީދަކީ މި ޓިއުޓޯރިއަލްތަކާ އެކު ފައިދާ ހުރި ކާނާ އުފެއްދުމަށް ގިނަ ބަޔަކު ދަސްކޮށް އެކަން އަމަލީ ގޮތުން ކުރުން ކަމަށެވެ.
"ސޮނެވާ ނަމޫނާ ޕްރޮގްރާމްގެ އަމާޒަކީ ރަށްރަށުގައި ކުނި ނައްތާލާ ތިމާވެއްޓަށް ރައްކާތެރި ނިޒާމެއް ގާއިމް ކުރުމާއި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާވަރު މަދުކުރުމާ އެކު ތިމާވެއްޓަށް ލޯބި ޖެއްސުން،" އޭނާ ވިދާޅުވި އެވެ.
ސޮނެވާގެ ރިސޯޓެއްގައި ހައްދާފައިވާ ދަނޑެއް-- ފޮޓޯ: ސޮނެވާ
ދަނޑުހެއްދުމާ ބެހޭގޮތުން ސޮނެވާގެ ޓީމާ ސުވާލުކުރަން ބޭނުންވާ މީހުންނަށް ފޭސްބުކް އާއި އިންސްޓަގްރާމް މެދުވެރިކޮށް އެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ.
ދަނޑުވެރިކަމުގެ މި ހާއްސަ ކޯހުގައި ޕޮޓުގައި ގަސް އިންދުމާއި ދަނޑު ބެލެހެއްޓުމާއި ތަރުކާރީ ކެންޑުމާއި ޕެސްޓް ކޮންޓްރޯލް ކުރުމާއި ބިންގަނޑު ހެއްދުމުގެ މައުލޫމާތުތައް ކިޔައިދޭނެ އެވެ.
ސޮނެވާފުށީގެ ވޭސްޓު-ވެލްތު މެނޭޖަރު ޖަސްޓިން ރޮބަޓްޝޯ ވިދާޅުވީ، ކާއެއްޗިއްސަކީ ހަށިގަނޑަށް ފައިދާހުރި ކާނާ ކަމުގެ ޔަގީންކަން ލިބޭނެ އެއް ގޮތަކީ ކާތަކެތި އަމިއްލައަށް ހެއްދުން ކަމަށާއި ތިމާވެއްޓާ އޮންނަ ގުޅުން މިކަމުން ބަދަހިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ސޮނެވާގައި ބޭނުންކޮށް ޔަގީންކަން ލިބިފައިވާ، ހޫނު، ޖަޒީރާ މާހައުލެއްގައި ކާނާ އުފެއްދުމަށް ބޭނުންކުރެވިދާނެ ފާމަކަލްޗާގެ އުސޫލުތައް އެހެން ފަރާތްތަކާވެސް ހިއްސާކުރަން،" ޖަސްޓިން ވިދާޅުވި އެވެ.
ވެލީގެ ބަދަލުގައި ސޮނެވާގައި ބޭނުންކުރަނީ ބިއްލޫރި!
ރާޖަޕަކްސައަށް ވިލާއެއް ވިއްކާކަށް ނޫޅެން: ސޮނޭވާ
ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނުޅޭ
ސޯނޫގެ އިންޒާރު: ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ
އީވާގެ އަލްބަމުން އަގުބޮޑު ސޮނެވާފުށި
ސޯނޫ: މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޯނޫ: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!
ސޮނޭވާފުށީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ބޮޑުވަނީ
ސޮނެވާގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް ޑިމާންޑް ބޮޑު