މީހުން އުޅޭ ރަށްތަކާއި ފަޅު ރަށްތަކުގެ ގޮނޑުދޮށްތަކުން ވެލި ނަގައިގެން އިމާރާތް ކުރުމުގެ ބަދަލުގައި މި ގޮތް ކިހިނެއް ވާނެ ހެއްޔެވެ؟ ރާއްޖެ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެތައް ރިސޯޓެއް ހިންގާ ސޮނެވާގެ ރިސޯޓްތަކުގައި ވެލީގެ ބަދަލުގައި މިކަހަލަ ކަންކަމަށް ބޭނުންކުރަނީ ހިމުންކޮށް މުގުރާފައި ހުންނަ ބިއްލޫރި އެވެ.
18 ސެޕްޓެމްބަރ 2021
މީހުން އުޅޭ ރަށްތަކާއި ފަޅު ރަށްތަކުގެ ގޮނޑުދޮށްތަކުން ވެލި ނަގައިގެން އިމާރާތް ކުރުމުގެ ބަދަލުގައި މި ގޮތް ކިހިނެއް ވާނެ ހެއްޔެވެ؟ ރާއްޖެ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެތައް ރިސޯޓެއް ހިންގާ ސޮނެވާގެ ރިސޯޓްތަކުގައި ވެލީގެ ބަދަލުގައި މިކަހަލަ ކަންކަމަށް ބޭނުންކުރަނީ ހިމުންކޮށް މުގުރާފައި ހުންނަ ބިއްލޫރި އެވެ.
ސޮނެވާގެ ސީއީއޯ އަދި އެ ރިސޯޓްގެ އެއް ހިއްސާދާރު ސޯނޫ ޝިވްދަސާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހުންގެ ރިސޯޓްތަކުގައި ސިމެންތި ގެށުމުގަ އާއި ގާ އެޅުމުގައި މިހާރު ބޭނުން ކުރަނީ ބިއްލޫރި ކަމަށެވެ. އެހެންކަމުން އެހެން ތަނަކުން ވެލި ގެނައުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
ސިމެންތި ގެށުމުގައި ބިއްލޫރި ބޭނުން ކުރުމަކީ ދުނިޔޭގައި އާ ކަމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި މިގޮތަށް ބިއްލޫރި ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ. ވެލީގެ ބަދަލުގައި ބިއްލޫރި ބޭނުން ކުރަން ފެށީ ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނެގުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.
All waste can have a purpose at Soneva: we grind old glass to use in our cement and building blocks, meaning we don’t have to import sand from elsewhere. #WastetoWealth pic.twitter.com/hLZtCfFN6n
— Sonu Shivdasani (@SonuShivdasani) September 17, 2021
ވެލީގެ ބަދަލުގައި ބިއްލޫރި ބޭނުން ކުރާ ކަމަށް ބުނެ ސޯނޫ ކުރި ޓްވީޓެއް--
ސިމެންތި ގަށާއިރު އަޅާ ބިއްލޫރި ހުންނަނީ ކަށިވެލި ހުންނަ ވަރަށް އެ މުގުރައިގެންނެވެ. ވެއްޔަކީ ވެސް ސިމެންތީގެ ބާރު ވަރުގަދަ ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކަނީ ވެލީގެ ބަދަލުގައި ބިއްލޫރި ފުނޑުކޮށްގެން ބޭނުންކުރުމުން ވެސް އެ ބާރު ލިބޭ ކަމަށެވެ.
ސޮނެވާއިން މި ކަމަށް ބޭނުން ކުރަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކޮށް އުލާކާ ބިއްލޫރި ފުޅިތަކެވެ. މިކަމަށް ހާއްސަ ވޯކްޝޮޕެއް ވެސް ސޮނެވާގެ ދަށުން ރާއްޖޭގައި ހިންގާ ސޮނެވާ ފުށީގައި ވަނީ ހަދައިފަ އެވެ.
ސޮނެވާ ފުށީގެ "އާޓް އެންޑް ގްލާސް ސްޓޫޑިއޯ" އަކީ ބިއްލޫރި ރިސައިކަލް ކުރުމަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މި ތަނުގައި "ގްލާސް ބްލޯއިން" ނުވަތަ ބިއްލޫރިން ތަކެތި އުފެއްދުމުގެ ހިދުމަތް ދެ އެވެ. މިއީ އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް އެކްޓިވިޓީއެއްގެ ގޮތުގައި ކޮށްލެވޭނެ ކަމެކެވެ.
ސޮނެވާ އިން ބުނި ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކުން އުފައްދާ ކުނީގެ 90 ޕަސެންޓް އެ ކުންފުނިން ރީސައިކަލް ކުރެ އެވެ. އެގޮތުން، ދަނޑުވެރިކަން ކުރުމުގަ އާއި އުފެއްދުންތެރިކަމުގެ އެކި ކަންކަމުގައި އެ ތަކެތި ބޭނުންކޮށް އުޅެ އެވެ.
އެ ކުންފުނިން ވަނީ ދާދި ފަހުން ސޮނެވާ ފުށީގައި "މޭކާސް ޕްލޭސް"ގެ ނަމުގައި ވެސް ރީސައިކަލް ކުރުމަށް ހާއްސަ ސްޓޫޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ތަނުގައި ތަކެތި ތައްޔާރު ކުރަނީ އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކުންނެވެ.
ދަނޑުވެރިކަމަށް ސޮނޭވާ އިން އޮންލައިން ކޯހެއް
ރާޖަޕަކްސައަށް ވިލާއެއް ވިއްކާކަށް ނޫޅެން: ސޮނޭވާ
ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނުޅޭ
ސޯނޫގެ އިންޒާރު: ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ
އީވާގެ އަލްބަމުން އަގުބޮޑު ސޮނެވާފުށި
ސޯނޫ: މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޯނޫ: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!
ސޮނޭވާފުށީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ބޮޑުވަނީ
ސޮނެވާގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް ޑިމާންޑް ބޮޑު