މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
03 ޖޫން 2025
މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް ލިބިފައިވަނީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއޭސީއެލްއަށް 2023 ވަނަ އަަހަރު ފައިދާގެ ގޮތުގައި ލިބުނީ 903 މިލިއަން ރުފިޔާ އެވެ.
އެ ކުންފުންޏަށް ރެކޯޑު އަދަދެއްގެ ފައިދާއެއް ލިބުނު އިރު އާމްދަނީ ވެސް ވަނީ 11 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 8.5 ބިލިއަން ރުފިޔާގެ ފައިދާ އެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުނިން މިދިޔަ އަހަރު ހިންގުމުގެ ހަރަދާއި އޮފީހުގެ ހަރަދަށް 7.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ.
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން
އޮޑިޓުގައި ލަފާކުރާ އަދަދު އަށް ގުނަ ބޮޑު:ޓީއެމްއޭ
އެމްއޭސީއެލުން މިހާ ބޮޑު އާމްދަނީއެއް ދޫކޮށްލަނީތަ؟
އެމްއޭސީއެލްއިން އެއިމްގެ ސެޓްފިކެޓު 3 ތައާރަފްކޮށްފި
"އެއް ފްލައިޓް ކެންސަލް، ދެ ފްލައިޓް ޑިލޭ ވާނެ"
އާ ޓާމިނަލަށް ފެންފޯރުކޮށްދޭ ސިސްޓަމް އިފްތިތާހުކޮށްފި
އާ ޓާމިނަލް: މި ރީތިކަން، އާމްދަނީގެ ދޮރާއްޓަކަށް
އާ ޓާމިނަލް ޖުލައި 26ގައި ހުޅުވަން ކައުންޓްޑައުންއެއް
ވީއައިއޭގައި ޓޯބާލެސް ވެހިކަލް ބޭނުންކުރަން ފަށަނީ
އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ޗެކިން ވާން އެދެފި