ސޯޝަލް މީޑިއާގައި މީހަކު ކިޔާފާނެ އެއްޗަކަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި މީހަކު ކިޔާފާނެ އެއްޗަކަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ބުނެފި އެވެ.
އަބީޝެކް ބޮލީވުޑްގައި މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަކުރުމަށް "އިންސްޓެންޓް ބޮލީވުޑް" ނޫހަށް މިިދިޔަ ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ސޯޝަލް މީޑިގާއި މީހުން އޭނާއަށް ކިޔާ ފާޑުކިޔުންތަކަކީ ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ނުދެކޭ ކަމަށެވެ.
"ފިލްމީ ދާއިރާގައި އެހާ ގިނަ ދުވަހު މަސައްކަތްކޮށްފިން، އެހެންވެ، ސީރިއަސްކޮށް ނަގަން ޖެހޭ ކަންކަމާއި ނުނަގަން ޖެހޭ ކަންކަން މިހާރު ވަރަށް ރަނގަޅަށް އެނގޭ. ސޯޝަލް މީޑިއާގައި ހިނގާ ކަންކަމުގެ އަސަރެއް އަހަންނަކަށް ނުކުރޭ،" އަބީޝެކް ބުންޏެވެ.
އެކަމަކު، އަބީޝެކް ބުނީ ފިލްމީ ދާއިރާއަށް މިހާރު ނުކުންނަ އާ އެކްޓަރުންނަށް އެއީ ވަރަށް ބޮޑު ކަމަކަށް ވެދާނެ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ދެއްކީ އޭނާއަށް ބޮޑުބޭބެ ކިޔާ އަގަސްތުޔަ ނަންދާ އެވެ.
"ފަހަރެއްގައި އަގަސްތިޔަ ކަހަލަ އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ކުދިންނަށް އޭގެ އަސަރުކޮށްފާނެ، އެއީ މި ޖީލުގެ ކުދިންގެ ގޮތް. އެކަމަކު، ވަކި ހިސާބަކުން އެ މީހަކަށް ވެސް ވިސްނެން ފަށާނެ އެއީ މާ ބޮޑަށް ވިސްނަން ޖެހޭ ކަންކަން ނޫންކަން،" އަބީޝެކް ބުންޏެވެ.
އަބީޝެކްއަކީ ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ފާޑުކިޔުން އަމާޒުވާ އެކްޓަރެކެވެ. ހާއްސަކޮށް އޭނާގެ އަނބިމީހާ އަދި މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާ ރާއީއާ މެދުގައި އޭނާ ގޯސްކޮށް ހިތާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް އަބަދުވެސް ފާޑުކިޔަ އެވެ.
މިދިޔަ އަހަރު އަބީޝެކް އާއި އައިޝްވާރިޔާ ވަރިވާން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުމާއެކު ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އަބީޝޭކަށެވެ.
އައިޝްވަރިޔާގެ ފަހަތުން އަބީޝެކް ވެސް ހައި ކޯޓަށް
އަބީޝެކްގެ އެވޯޑް ހާއްސަކުރީ އައިޝްވާރިޔާއަށް!
އޭއައި ބޭނުންކޮށްގެން ފޮޓޯ ހަދާތީ ހައި ކޯޓަށް
ދީޕިކާގެ ރީލްއަކަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ
އަދިތުޔަގެ އިންސްޓަގްރާމްގައި ކާކުގެ އަތެއް؟
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟
އަރަދުޔާގެ މައްސަލަ ހައި ކޯޓަށް
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި