ތ. ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ހުށަހެޅުމެއް ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒު ހުށަހަޅުއްވައިފި އެވެ.
26 ސެޕްޓެމްބަރ 2025
ތ. ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމުގެ ހުށަހެޅުމެއް ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒު ހުށަހަޅުއްވައިފި އެވެ.
ރައީސް އެ އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށަކަށް ވަޑައިގެންނެވީ ތިމަރަފުއްޓަށެވެ.
އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އެ ރަށުގައި ހިއްކުމަށްފަހު އެއްވެސް ބޭނުމެއް ނުކޮށް އޮތް ހުސް ބިމެއް އެބައޮތް ކަމަށެވެ.
އެހެންކަމުން، އޭނާގެ ހިޔާލެއްގެ ގޮތުގައި ހުށަހެޅުއްވީ، އެ ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް އެ ތަނުގައި ގެ އަޅައި ހަވާލުރުމުގެ ފުރުސަތު ދިނުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަރިހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޒާޒް.-- ފޮޓޯ: ރައީސް އޮފީސް
"އަޅުގަނޑުމެންގެ މި ހުސް ބިން އޮތް ތިމަރަފުށީގައި އެފަދަ ފަރާތްތަކަށް [ތިމަރަފުއްޓަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންނަށް] ހައުސިން ޔުނިޓްތަކެއް އަޅާފައި ނަމަވެސް ދޫކޮށްލަދެއްވުމަކީ އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެންނާތީ،" ރިޔާޒް ވިދާޅުވި އެވެ.
"އަދި އަޅުގަނޑުގެ ބައެއް އެކުވެރި ރަހުމަތްތެރިން ވެސް ތިމަރަފުއްޓަށް އިތުރު ރަށެއްގެ ބަޔަކު ގެނައުމުގެ ޝައުގުވެރިކަން ހުންނާތީ އަޅުގަނޑުމެންނަށް އަދި އެ އަންނަ ބަޔަކަށް ވެސް އިތުރު ކުރިއެރުން ލިބޭނެތީ، ލިބިދާނެ ކަމަށް ފެންނާތީ، އަޅުގަނޑު ހަމަ ހިތަށް އެރީ ހިއްސާ ކޮށްލާނަމޭ."
އެ ނިންމުމަށް ރައީސް ވެސް ތާއީދު ކުރައްވާނެކަން ޔަގީން ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ތިމަރަފުއްޓަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް
ތިމަރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ރަށުން ފުރުސަތު ދިނުމުގެ ހިޔާލެއް ހުށަހަޅާފައިވާއިރު، ވަސީލަތްތައް މަދު އަދި ކުދި ރަށްތަކުގައި ދިރިއުޅޭ އެންމެން އެ އަށް ވުރެ ބޮޑެތި ރަށްރަށަށް ބަދަލުވާން ސަރުކާރުން ހިތްވަރު ދޭ ކަމަށާއި އެކަމަކު އެ ކަން ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ރައްޔިތުން އަމިއްލަ އަށް ބޭނުންވެގެން ކަމަށް ރައީސް މުއިއްޒު އިއްޔެ ވަނީ ވިދާޅުވެފައި އެވެ.
ރައީސް ވިދާޅުވީ އާބާދީ އެއްފަސް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވާން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތާ އެއްގޮތަށް ރަށުން އެހެން ރަށަކަށް ބަދަލުވާން ތިން ރަށުގެ ބައެއް މީހުން އެދިފައިވެ އެވެ. އެއީ ވ. ރަކީދު އާއި މ. ރަތްމަންދޫގެ އިތުރުން ކިނބިދޫ މީހުންނެވެ.
ރަށްރަށުގެ ސޯޝަލް ހައުސިންގެ ޑައުންޕޭމަންޓަށް ލުޔެއް
ރައީސަށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި
ރާއްޖެ-ޗައިނާ ގުޅުން ފުޅާކުރާން މުހިންމު މަޝްވަރާތަކެއް
ހުޅުމާލެ2ގެ ރައްޔިތުންނާ އެކު ރައީސްގެ ބައްދަލުވުމެއް
ރައީސް، ބުދަދުވަހު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ
އެއްކިލޯއަށް ވުރެ ބަރު މަސް 16ރ. އަށް
މަސްވެރިކަމުގެ ގޮންޖެހުންތަކުން އަރައިގަންނަން 4.5 ބިލިއަން
"ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް އަންނަނީ ވަމުން"
މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް
ކިލޯއަކަށް ވުރެ ބަރުނަމަ މަތީ ރޭޓުގައި މަސް ގަަންނަނީ