ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
14 ޑިސެމްބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ރައީސް ގެންދަވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. މިހާތަނަށް ވަނީ ވިލިމާލެ އާއި މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާ އެކު ބައްދަލުވުންތައް ބާއްވަވައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ2 ގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސަލާހުއްދީން ސްކޫލްގައި ކަމަށެވެ.
ބައްދަލުވުންތަކުގެ ބޭނުމަކީ، ހީނާ ވިދާޅުވި ގޮތުގައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.
ހުޅުމާލެ2ގެ ރައްޔިތުންގެ ބައްދަލުވުމަށް އެ އަވަށުގައި ދިރިއުޅޭ އެންމެންނަށް ވަނީ ދައުވަތު ދެއްވައިފަ އެވެ.
ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް، އަންނަ ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ވެސް ވަނީ ނިންމަވައިފަ އެވެ.
ރާއްޖެ-ޗައިނާ ގުޅުން ފުޅާކުރާން މުހިންމު މަޝްވަރާތަކެއް
ރައީސް، ބުދަދުވަހު ވިޔަފާރިވެރިންނާ ބައްދަލުކުރައްވަނީ
އެއްކިލޯއަށް ވުރެ ބަރު މަސް 16ރ. އަށް
މަސްވެރިކަމުގެ ގޮންޖެހުންތަކުން އަރައިގަންނަން 4.5 ބިލިއަން
"ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް އަންނަނީ ވަމުން"
މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ބޮޑު ލުޔެއް
ކިލޯއަކަށް ވުރެ ބަރުނަމަ މަތީ ރޭޓުގައި މަސް ގަަންނަނީ
ބީއެމްއެލްގެ "މަސްވެރިޔާ" ޕޯޓަލް އިފުތިތާހުކޮށްފި
ދުވާފަރުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި
ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ