ދެކުނު އެމެރިކާ ސަރަހައްދުގެ ބޮލީވިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ މި އަހަރުގެ ބޮލީވިއާ ކަޕްގެ ކުއާޓާ ފައިނަލް މެޗެއްގައި 17 ރަތް ކާޑު ދައްކައިފި އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ބޮލީވިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ މި އަހަރުގެ ބޮލީވިއާ ކަޕްގެ ކުއާޓާ ފައިނަލް މެޗެއްގައި 17 ރަތް ކާޑު ދައްކައިފި އެވެ.
މިދިޔަ ބުދަ ދުވަހު ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް އޮރޫރޯ އާއި ބްލޫމިން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުމާ އެކު 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ސެމީ ފައިނަލަށް ދިޔައީ ބްލޫމިން އެވެ.
ފުރިހަމަ ވަގުތު ހަމަވުމާ އެކު، އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މެދުގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން ބްލޫމިންގެ ހަތް ކުޅުންތެރިއަކާއި އޮރޫރޯގެ ހަތަރު ކުޅުންތެރިއެއްގެ އިތުރުން ދެ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ ހަ މެމްބަރަކަށް ރަތް ކާޑު ދައްކާފައި ވާކަމަށް ބޮލީވިއާގެ މީޑިއާތަކުން ބުންޏެވެ.
‼️ Caso total en Bolivia: 17 ?????????? (!) e intervención de la policía
— Eurosport.es (@Eurosport_ES) November 27, 2025
? El encuentro entre Real Oruro y Blooming acabó en el caos total en lo que se define desde Bolivia como una "vergüenza nacional" pic.twitter.com/txapvtgwjJ
މެޗު ތެރޭގައި ވެސް ބްލޫމިންގެ ބެންޗުގައި ހުރި ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވެ އެވެ. އަދި މެޗަށް ފަހު ހިންގި ތަޅާފޮޅުންތަކުގައި ވެސް އޭނާ ބައިވެރިވެފައިވެ އެވެ.
ހަމަނުޖެހުން ރޫޅާލަން ދަނޑުމަތީގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވެފައި ވާއިރު، ކަރުނަ ގޭސް ވެސް ބޭނުން ކޮށްފައިވެ އެވެ.
ބޮލީވިއާގެ މީޑިއާތަކުން ބުނި ގޮތުގައި، މި މެޗަށް ފަހު ހިންގީ އެ ގައުމުގެ ފުޓުބޯޅައިގެ ހަޔާތް ބަދުނާމުވާނެ ފަދަ އަމަލުތަކެކެވެ.
ބޮލީވިއާ ކަޕްގެ ޗެމްޕިއަން ޓީމު، ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯރެސް އަށް ކޮލިފައި ވާއިރު، ރަނަރަޕް ޓީމު، ސަރަހައްދީ ދެވަނަ ފަންތީގެ މުބާރާޓް ކަމަށްވާ ކޮޕާ ސުދަމެރިކާނާއަށް ކޮލިފައި ވާނެ އެވެ.
މިހާތަނަށް އެންމެ ގިނަ ރަތް ކާޑު ދެއްކި މެޗެއް ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައި ވަނީ 2011 ވަނަ އަހަރު ކުޅުނު އާޖެންޓީނާގެ ފަސްވަނަ ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ވަނީ ކުޅުންތެރިންނާއި ކޯޗުންނާ އެކު ޖުމްލަ 36 ރަތް ކާޑު ދައްކައިފަ އެވެ.
އޭގެ ކުރިން ރެކޯޑް އޮތީ 1993 ވަނަ އަހަރު ޕެރަގުއޭގައި ކުޅުނު ޔޫތު ކްލަބް މެޗެކެވެ. އެ މެޗުގައި 20 ރަތް ކާޑު ދެއްކި އެވެ. އަދި 2009 ވަނަ އަހަރު ސްޕެއިންގެ ރީޖަނަލް ލީގު މެޗެއްގައި 19 ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާފައިވެ އެވެ.
އިންޑިއާއިން ފުޓްބޯޅައިގެ ހުނަރު ހުސްވީތަ؟
އަހަންނަށް ފާޑުކިޔަނީ ރަނގަޅު މައުލޫމާތުނެތި: އަމޮރިމް
ޕްރެޝަރު ކަނޑުވާލައި ޒަބީގެ ވަޒީފާ ސަލާމަތްކޮށްފި!
ފްލިކްގެ ވައުދާ އެއްގޮތަށް ބާސާއިން ތަފާތު ފެނިއްޖެ!
ސްލޮޓާ ސުލްހަވެ ސަލާހް ތާރީހީ ރެކޯޑެއް ހަދައިފި!
އީގަލްސްގައި ރިޒޭގެ ފަހު މެޗު، ވިކްޓަރީ އަތުން ބަލި!
ނުވަލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ބުރު ހަމަޖެހިލައިފި
އޮޑީގެ ތިން ލަނޑުން ފަސް ޕޮއިންޓަށް ފަރަގު ކުޑަކޮށްފި
20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި
ސަޕޯޓަރުންގެ ނުރުހުން ޒަބީއަށް ކުޅުންތެރިން ފަހަތުގައި