Roadha Mihaaru
އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި

އޮޓޮޕްސީއަށް ފަހު ރައުދާގެ ހަށިގަނޑު ވަޅުލައިފި

01 އެޕްރީލް 2017

ބަންގްލާދޭޝްގައި ކިޔަވަން ހުއްޓާ މިދިޔަ ބުދަ ދުވަހު މަރުވި، ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު މިއަދު ވަޅުލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބަންގްލާދޭޝްގައި ކިޔަވަން ހުއްޓާ މިދިޔަ ބުދަ ދުވަހު މަރުވި، ދިވެހި މޮޑެލް ރައުދާ އާތިފްގެ ހަށިގަނޑު މިއަދު ވަޅުލައިފި އެވެ.

އޭނާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ރައުދާގެ ހަށިގަނޑު ރާޖް ޝާހީގައި ވަޅުލީ އޮޓޮޕްސީއެއް ހެދުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވި މިނިވަން އޮޓޮޕްސީއެއް ހަދަން ޑާކާއަށް ގެންދަން. ނަމަވެސް އެކަމަށް އެއްބާރުލުމެއް ނުދިނުމުން ފުލުހުންގެ ބެލުމުގެ ދަށުން އޮޓޮޕްސީއެއް ހެދުމަށްފަހު ވަޅުލީ،" އޭނާ ބުންޏެވެ.

ރައުދާ ވަޅުލި ފަހުން، އޭނާ މަރުވީ ދަންޖެހިގެން ކަމަށް ނިންމައި ޑޮކްޓަރުގެ ރިޕޯޓެއް ދީފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ރިޕޯޓް ލިބެން ދެ ހަފުތާވަރު ނަގާނެ ކަމަށް ކުރިން ބުނި ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ ރިޕޯޓެއް. އަޅުގަނޑުމެންނަށް ޝައްކުކުރެވޭ އެ މީހުން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭކަމަށް. އެހެން ނަމަ އެ މީހުން މިނިވަން އޮޓޮޕްސީއެއް ހަދަން ފުރުސަތު ދޭނެ،" އެ މީހާ ބުންޏެވެ.

ބަންގްލާދޭޝްގެ ޑެއިލީ ސްޓާ ނޫހުން ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފެސަރު މަންސޫރު ރަހްމާނާ ހަވާލާދީ ބުނި ގޮތުގައި ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން، އަމިއްލައަށް ކަމަށް އޮޓޮޕްސީން ވަނީ އެނގިފަ އެވެ. އޮޓޮޕްސީ ހެދުމުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން މީހަކާ ހަވާލާދީ ޑާކާ ޓްރިބިއުން އިން ބުނީ ރައުދާ އަށް ޖިންސީ ގޮތުން އަދި އެހެން ގޮތަކުން ވެސް އަނިޔާއެއް ދީފައި ހުރި ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

"އޭނާ އެއްވެސް ކަހަލަ ބޭހެއް ބޭނުންކޮށްފައި ހުރިތޯ ބެލުމަށް ހަދަންޖެހޭ ޓެސްޓުތައް ހަދަން މިހާރު ވާނީ ފޮނުވާފައި. އެކަމަކު މިވަގުތަށް ބަލާއިރު، އޭނާ މަރުވީ އަމިއްލައަށް ކަމަށް ޔަގީންކުރެވޭ،" އޮޓޮޕްސީ ހެދި ޓީމުގެ މެންބަރާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.

ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލްގެ ފޮރެންސިކް ޑިޕާޓްމަންޓުގެ ވެރިޔާ ޕްރޮފެސަރު މަންސޫރު ވިދާޅުވި ގޮތުގައި ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން، އަމިއްލައަށް ކަމަށް އޮޓޮޕްސީން ވަނީ އެނގިފަ. އޮޓޮޕްސީ ހެދުމުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން މީހަކާ ހަވާލާދީ ޑާކާ ޓްރިބިއުން އިން ބުނީ ރައުދާ އަށް ޖިންސީ ގޮތުން އަދި އެހެން ގޮތަކުން ވެސް އަނިޔާއެއް ދީފައި ހުރި ކަމުގެ ހެއްކެއް ނެތް ކަމަށް.

ބަންގްލާދޭޝްގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ކިޔަވަމުން އައި ރައުދާ މަރުވެފައި ހުއްޓާ ފެނުނީ އޭނާ އުޅޭ ހޮސްޓެލްގެ ކޮޓަރީގެ ސީލިންގް ފަންކާގައި "ދަންޖެހިފައި" ހުއްޓަ އެވެ. އެކަމަކު އޭނާ އަމިއްލަ އަށް މިފަދަ ކަމެއް ކޮށްފާނެ ކަމާ މެދު، އޭނާ ދަންނަ މީހުން ވަރަށް ބޮޑަށް ސުވާލު އުފައްދަ އެވެ.

އެ ގައުމުގެ ޑެއިލީ ސްޓާއިން ބުނި ގޮތުގައި ރާއްޖެއިން ބަންގްލާދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރާއި ރައުދާގެ މައިންބަފައިން ރައުދާގެ ކޮލެޖަށް ގޮސް ރައުދާގެ އެކުވެރިންނާއި ކޮލެޖްގެ ވެރިންނާއި ފުލުހުންނާ ވެސް ވަނީ ބައްދަލުކޮށް ވާހަކަ ދައްކައިފަ އެވެ.

ނޫހުގައި ބުނެފައިވާ ގޮތުގައި ރައުދާއާ އެކު އެންމެ ފަހުން ކިޔަވަން އިނީ ކަޝްމީރު އަންހެން ކުއްޖެއް ކަމަށްވާ ސިރާތު ޕަރްވީން އެވެ. އެ ދެ މީހުން އަންގާރަ ދުވަހުގެ ރޭ މެންދަމު 12:30 ގައި ވެސް އެކުގައި ކިޔަވަން ތިބި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ނޫހަށް ވާހަކަ ދައްކަން ސިރާތު އިންކާރުކުރި އެވެ. އެވެ. ރައުދާ އަކީ ވަރަށް އެކުވެރި، މީހުންނާ ގުޅޭ މީހެއްގެ ގޮތުގައި އެކުވެރިން ސިފަކޮށްފައިވެ އެވެ.