Roadha Mihaaru
ހަނީފްގެ ބަންދަށް 10 ދުވަސް ޖަހައިފި

ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު މައްސަލާގައި ހަނީފްގެ ބަންދަށް 10 ދުވަސް

05 އެޕްރީލް 2017

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް ހަނީފްގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ހަނީފްގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ގްރޫޕެއް ފޮނުވައިގެން ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމުގެ ހުއްދަ ކޯޓުން ވަނީ ފުލުހުންނަށް ދީފަ އެވެ.

ފަނޑިޔާރަށް ހަމަލާދޭން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދިނުން ފިޔަވައި އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. އެކަމަކު އެއީ ހަނީފުކަން މީޑިއާތަކުން ވަނީ ހޯދައިފަ އެވެ.

އައްޑޫ މީދޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވަނިކޮށް ފަނޑިޔާރު ޝުޖާއު ދާދި ފަހުން މާލެ އަށް ގެނައީ ވެސް އޭނާ އަވަހާރަކޮށްލަން ބަޔަކު ރޭވި މައްސަލައާ ގުޅިގެން ކަމަށް ވެ އެވެ. އެނގިފައިވާ ގޮތުގައި ޝުޖާއު އަށް ހަމަލާ ދޭން އުޅުނު މައްސަލައެއް ފެންމަތިވީ، ބަޔަކު އެކަމަށް ރާވައިގެން ދެއްކި ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންއެއް ލީކުވުމާ ގުޅިގެންނެވެ.