21 އެޕްރީލް 2017
އާކަންސަސް (އެޕްރީލް 21) - އެމެރިކާގެ އާކަންސަސް ސްޓޭޓުގައި 12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދީފި އެވެ.
އާކަންސަސް (އެޕްރީލް 21) - އެމެރިކާގެ އާކަންސަސް ސްޓޭޓުގައި 12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ދީފި އެވެ.
އާކަންސަސްގައި 11 ދުވަސްތެރޭ އަށް މީހަކަށް މަރުގެ އަދަބު ދޭން ނިންމާފައިވީ ނަމަވެސް އަދަބު ތަންފީޒު ކުރުމުގައި ހުރަހަކަށްވީ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމާ މެދު ސްޓޭޓުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެނެވެ. ސްޓޭޓުން ބޭނުންވީ އިންޖެކްޝަންގެ މުއްދަތު މި މަހު 30 ގައި ހަމަވުމުގެ ކުރިން މަރުގެ އަދަބުދީ ނިންމާށެވެ. ނަމަވެސް މިހާރު ހުރި އިންޖެކްޝަންގެ ބަދަލުގައި އެހެން އިންޖެކްޝަނެއް ޖެހުން މަނާކުރުމަށް ދަށު ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ތިން މީހަކަށް މަރުގެ އަދަބު ދިނުން ވަނީ ފަސްކޮށްފަ އެވެ. އެކަމަކު އެ ހުކުމް ވަނީ ސްޓޭޓުގެ އެންމެ މަތީ ކޯޓުން ބަދަލުކޮށްފަ އެވެ.
އާކަންސަސްގައި ލެޑެލް ލީ ނަމަކަށް ކިޔާ މީހަކަށް މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރު މީހަކު މެރިކަމުގެ ކުށުގަ އެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ހުކުމް އިއްވިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އާކަންސަސްގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު އެވެ.
މަރާލުމުގެ ކުރިން ބުނީ "ﷲ އަށް ހަމްދުކުރަން" ކަމަށް
ހެއްކާ މެދު ޝައްކު ވިޔަސް މަރުގެ ހުކުމް ތަންފީޒުކޮށްފި
2003އަށް ފަހު އެމެރިކާ ސަރުކާރުން މަރުގެ އަދަބުދެނީ
ހަމަލާދިން މީހާއަށް މަރުގެ އަދަބުދޭން ޓްރަމްޕް ގޮވާލައިފި
ޑީއެންއޭގެ އާ ހެއްކާ އެކު މަރުގެ އަދަބު ފަހު ވަގުތު މަޑުޖައްސާލައިފި
މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އަންގައިފި
ހަފުތާއެއްގެ ތެރޭ އެމެރިކާގައި 4 މީހުންނަށް މަރުގެ އަދަބު
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން