29 އެޕްރީލް 2017
އާކަންސާ (އެޕްރީލް 29) - އެމެރިކާގެ އާކަންސާ ސްޓޭޓުގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު ތެރޭ ހަތަރު މީހުންނަށް މަރުގެ އަދަބު ދީފި އެވެ.
އާކަންސާ (އެޕްރީލް 29) - އެމެރިކާގެ އާކަންސާ ސްޓޭޓުގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު ތެރޭ ހަތަރު މީހުންނަށް މަރުގެ އަދަބު ދީފި އެވެ.
އެ ސްޓޭޓުގައި 12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މަރުގެ އަދަބު ތަންފީޒު ކުރީ މިދިޔަ ހަފުތާގަ އެވެ. މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރު މީހަކު މެރިކަމަށް ސާބިތުވި މީހަކަށެވެ. އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ވަނީ ހުކުމް އިއްވިތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
އެ ސްޓޭޓުގައި ވަނީ 11 ދުވަސްތެރޭ އަށް މީހަކަށް މަރުގެ އަދަބު ދޭން ނިންމައިފަ އެވެ. އެއީ މަރުގެ އަދަބު ދޭން ޖަހާ އިންޖެކްޝަނުގެ މުއްދަތު މި މަސް ނިމޭއިރު ހަމަވާތީ އެވެ.
އާކަންސާގައި އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 2005 ވަނަ އަހަރު އެވެ.
އާކަންސާގައި ހަފުތާއެއްގެ ތެރޭގައި ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ މާ އަވަސް އަރުވާލައިގެން ގާތްގާތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުން ގައިދީންގެ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ އާކަންސާގައި މަރުގެ އަދަބު ދިނުން ކުށްވެރިކޮށްފަ އެވެ.
އެމެރިކާގައި މިދިޔަ އަހަރު ވަނީ 20 މީހަކަށް މަރުގެ އަދަބު ދީފަ އެވެ. އަދި އޭގެ ކުރީ އަހަރު ވަނީ 28 މީހަކަށް މަރުގެ އަދަބު ދީފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެމެރިކާގައި ވަނީ 35 މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފަ އެވެ.
މަރާލުމުގެ ކުރިން ބުނީ "ﷲ އަށް ހަމްދުކުރަން" ކަމަށް
ހެއްކާ މެދު ޝައްކު ވިޔަސް މަރުގެ ހުކުމް ތަންފީޒުކޮށްފި
2003އަށް ފަހު އެމެރިކާ ސަރުކާރުން މަރުގެ އަދަބުދެނީ
ހަމަލާދިން މީހާއަށް މަރުގެ އަދަބުދޭން ޓްރަމްޕް ގޮވާލައިފި
ޑީއެންއޭގެ އާ ހެއްކާ އެކު މަރުގެ އަދަބު ފަހު ވަގުތު މަޑުޖައްސާލައިފި
މަރުގެ އަދަބު ދިން މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އަންގައިފި
އާކަންސަސްގައި 12 އަހަރު ތެރޭ އަލަށް މަރުގެ އަދަބު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
އަބޫ ޣުރައިބު ޖަލުގެ އަނިޔާގެ ބަދަލަށް 42 މިލިއަން