ރުޅި އައިސްގެން މޫދަށް ފުންމާލި ކުޑަކުދިންގެ ހިޔާގެ އަންހެން ކުއްޖަކު އެތަނުގެ ސްޓާފުންނާއި ފުލުހުން ސަލާމަތްކޮށްފި އެވެ.
25 އެޕްރީލް 2017
ރުޅި އައިސްގެން މޫދަށް ފުންމާލި ކުޑަކުދިންގެ ހިޔާގެ އަންހެން ކުއްޖަކު އެތަނުގެ ސްޓާފުންނާއި ފުލުހުން ސަލާމަތްކޮށްފި އެވެ.
ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމާ ހަވާލުވެ ހުންނެވި، ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާބިދާ ރަޝީދު ވިދާޅުވީ އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު، ރުޅި އައިސްގެން ހިޔާއިން ނިކުމެގެން ގޮސް މޫދަށް ފުންމާލި ކަމަށާއި އެކަމަކު އެ ކުއްޖާ ފަހަތުން އެތަނުގެ ދެ ސްޓާފަކު ދުވެފައި ދިޔަ ކަމަށެވެ.
"އެއީ ރުޅި ކޮންޓްރޯލް ކުރުމުގައި މައްސަލަ ހުންނަ ކުއްޖެއް. ރުޅި އައިސްގެން އެ ކުއްޖާ މިތަނުން ދުވެފައި ދިޔައީ. އެކަމަކު އޭނާ ހިފެހެއްޓުމަށް ފަހަތުން މިތަނުގެ ދެ ސްޓާފަކު ދުވެފައި ދިޔަ،" އާބިދާ ވިދާޅުވި އެވެ.
"މޫދަށް ހަމަ ފުންމާލުމާއެކު އޭނާ ސަލާމަތްކޮށްގެން މިތަނަށް ގެނެސްފި."
އެ މަންޒަރު ދުށް މީހަކު ބުނިގޮތުގައި 13 ވަރަކަށް އަހަރުގެ އެ އަންހެން ކުއްޖާ ފުންމާލީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން އެ ސަރަހައްދު މޫދަށެވެ. އަދި ފުލުހުން އެ ކުއްޖާ ސަލާމަތްކޮށްގެން ފުރަތަމަ ގެންދިޔައީ ވިލިމާލޭ ފުލުސް އޮފީހަށް ކަމަށް އޭނާ ބުންޏެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކުދިން ފިލުމުގެ މައްސަލަ މީގެ ކުރިން ވެސް ދިމާވެފައި ވެ އެވެ.
ޒެނީޝާ އާއި ބަޝީރަށް ދައުވާކުރެވޭނެ ހެއްކެއް ނެތް
ފިޔަވަތިން ފިލި ހަތް ކުއްޖަކު ހޯދައިފި
ޝައިމް ގެއްލުނީ ބަލަންވާވަރަށް ނުބެލުމުން: މިނިސްޓަރު
ހިޔާ އިން ފިލީ ކުށުގެ ވެށިން ގެނައި ކުއްޖެއް: ޖެންޑާ
ވޭމަންޑޫ ސެންޓަރުގެ ކުއްޖެއްގެ މައްސަލަ ހޫނުވެއްޖެ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބެލްކަނީގައި ކުއްޖަކު ތަޅުލި މައްސަލަ ބަލަން ފަށައިފި
ކުއްޖަކާ އެކު ފިލަން އުޅުނު މީހަކު އަލުން ހައްޔަރު
އަނިޔާވި ކުއްޖާއަށް ފަރުވާދީ ފިޔަވަޅު އަޅަނީ
ކުދިންތަކެއް އެހެންކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަނީ