27 އެޕްރީލް 2017
ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އދ. އިން މިއަދު ފުލުހުންނާ ބައްދަލުކޮށްފި އެވެ.
ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނު ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އދ. އިން މިއަދު ފުލުހުންނާ ބައްދަލުކޮށްފި އެވެ.
ރާއްޖޭގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑާ ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައި، ޔާމީންގެ މަރުގެ ތަހުގީގާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވައިފަ އެވެ. އެގޮތުން އޭނާ ވަނީ މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މީހުންނަށް ދޭ އިންޒާރުތަކަށް ސަމާލުކަން ދީ، އެ ފަދަ އިންޒާރުތައް ބެލުން ވަރުގަދަ ކުރުމަށް ވެސް ނޮޑާ އެދިވަޑައިގެންނެވި އެވެ
ޔާމީންގެ މަރުގެ މައްސަލަ ވީހާ ވެސް ފުރިހަމައަށް ތަހުގީގުކުރަން އދ. އިން ވަނީ މީގެ ކުރިން ވެސް އެދިފަ އެވެ.
މި މައްސަލައިގައި، ޔޫއެންގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒެއިދު ރައާދު އަލް ހުސެއިން މީގެ ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔާމީން މަރާލާފައިވަނީ އެތައް އިންޒާރެއް ދިނުމަށް ފަހުގައި ކަމަށާއި އެ މައްސަލަތައް ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެެވެ. އެކަމަކު އެކަން ރަސްމީކޮށް ރަޖިސްޓްރީކުރަން، ޔާމީން އެތައް ފަހަރަކު ފުލުހުންނަށް ގުޅަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންނާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ މީހުންނަށް ބިރެއް ނެތި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔާމީން، 29، ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރެއިންނެވެ. އެ މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރުނުކުރިއަސް، ޔާމީން މަރާލި މައްސަލާގައި ބައިވެރިވިކަމުގެ ތުހުމަތުކުރެވޭ ދެ މީހެއްގެ ފޮޓޯ ފުލުހުން ވަނީ ދައްކާލައިފަ އެވެ.
އެންމެ ބޮޑު މަރު: ދައުލަތް އަނެއްކާ ވެސް އިހުމާލު!
ހުކުމާ އެކު ޔާމީންގެ މަރުގެ މައްސަލަ ބަލަން ފަށައިފި
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ
ޔާމީން ރަޝީދުގެ މަރު: ހުކުމް އަންނަ މަހު އިއްވަނީ
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"
ޔާމީންގެ ފަހު ވަގުތުކޮޅު، 10 ސިކުންތުގެ ވީޑިއޯއަކުން
ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ
އަދުލުއިންސާފާ ނުލައި ތަރައްގީގެ ބޭނުމެއްނެތް: ރައީސް