Roadha Mihaaru
މިޝޭލްގެ ކުރިން އޮބާމާ އެހެން ކައިވެންޏެއް ކުރަންް އުޅުއްވި

މިޝޭލްގެ ކުރިން އޮބާމާ އެހެން ކައިވެންޏެއް ކުރަން އުޅުއްވި

04 މެއި 2017

ވޮޝިންޓަން (މެއި 4) - އަނބިކަނބަލުން މިޝޭލްއާ ބައްދަލުވުމުގެ ކުރިން އެހެން އަންހެނަކާ ކައިވެނި ކުރައްވަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އުޅުއްވި ކަމަށް އެމަނިކުފާނުގެ އާ ބަޔޮގްރަފީއެއްގައި ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (މެއި 4) - އަނބިކަނބަލުން މިޝޭލްއާ ބައްދަލުވުމުގެ ކުރިން އެހެން އަންހެނަކާ ކައިވެނި ކުރައްވަން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އުޅުއްވި ކަމަށް އެމަނިކުފާނުގެ އާ ބަޔޮގްރަފީއެއްގައި ބުނެފި އެވެ.

ޑޭވިޑް ޖޭ. ގަރޯ ލިޔުއްވާފައިވާ "ރައިޒިން ސްޓާ" ގައި ބުނެފައިވާ ގޮތުގައި އޮބާލިން ކޮލެޖުގެ ޕްރޮފެސަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ޝެއިލާ މިޔޯޝީ ޖެގާގެ ކައިވެންޏަށް އޮބާމާ އެދިވަޑައިގެންފައި ވަނީ 1986 ވަނަ އަހަރު އެވެ. އޭރު ޝެއިލާ އަށް 23 އަހަރެވެ. އޮބާމާ އަށް 25 އަހަރެވެ. އެހެންވެ ޝެއިލާގެ މަންމަ ވަނީ ޝެއިލާ މާ ޅަ ކަމަށް ބުނެ އެ ކައިވެންޏަށް ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޝެއިލާ އާއި އޮބާމާގެ ގުޅުން ބަދަހިވެ ދެބޭފުޅުން ބައްދަލު ކުރައްވާ ކަމަށް ބަޔޮގްރަފީގައި ބުނެފައިވެ އެވެ.

ޝެއިލާ ވިދާޅުވެފައިވާ ގޮތުގައި އެ ދެބޭފުޅުންގެ ގުޅުމަށް އަހަރެއްވީ ތަނާ އޮބާމާ ވަނީ ސިޔާސީ ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. އަދި ކޮމިއުނިޓީ އޮގަނައިޒަރެއްގެ ގޮތުގައި އެ ދުވަސްވަރު މަސައްކަތް ކުރެއްވި އޮބާމާ ވަނީ ޝިކާގޯގެ މޭޔަރަކަށް ނުވަތަ ސެނެޓަށް ވަޑައިގަތުމަށް މަސައްކަތް ފައްޓަވައިފަ އެވެ.

އޭގެ ފަހުން މިހާރުގެ އަނބިކަނބަލުން މިޝޭލް ރޮބިންސަންއާ އޮބާމާ ބައްދަލުވެވަޑައިގެންނެވީ ހާވަޑް ލޯ ސްކޫލަށް އޮބާމާ ވަޑައިގެން ޝިކާގޯ ލޯ ފާމްގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެވެ. މިޝޭލް އަކީ އޭރު ލޯ ފާމުގެ މުވައްޒަފެކެވެ.