Roadha Mihaaru
އޮބާމާގެ ދެކަނބަލުން ސްޕޮޓިފައި އަށް

އޮބާމާގެ ދެކަނބަލުން ސްޕޮޓިފައިއާ އެކު ވެސް އެއްބަސްވުމެއް ހަދައިފި

09 ޖޫން 2019

ނެޓްފްލިކްސްއާ ގުޅިގެން ގިނަ އުފެއްދުންތަކެއް ގެނެސް ދޭން ނިންމާފައިވާ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަބަލުން މިޝޭލް އޮބާމާ މަޝްހޫރު އޯޑިއީ ސްޓްރީން ސާވިސް ސްޕޮޓިފައިއާ އެކު ވެސް އެއްބަސްވުމެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްއާ ގުޅިގެން ގިނަ އުފެއްދުންތަކެއް ގެނެސް ދޭން ނިންމާފައިވާ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަބަލުން މިޝޭލް އޮބާމާ މަޝްހޫރު އޯޑިއީ ސްޓްރީން ސާވިސް ސްޕޮޓިފައިއާ އެކު ވެސް އެއްބަސްވުމެއް ހަދައިފި އެވެ.

އޮބާމާގެ ދެކަނބަލުންގެ ކުންފުނި ހަޔާ ގްރައުންޑް ޕްރޮޑަކްޝަންސް އާއި ސްޕޮޓިފައި ގުޅިގެން ހައި ޕްރޮފައިލް ޝޯތަކެއް އުފައްދައި، ޕޮޑްކާސްޓް ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ދެ އެކި މައްސަލަތަކަށް ބިނާކޮށް އުފައްދާ ޝޯތަކުގައި ދެ ބޭފުޅުން ވެސް ވާހަކަ ދައްކަވާނެ އެވެ.

މި އެއްބަަސްވުމާ ބެހޭ ގޮތުން އޮބާމާ ވިދާޅުވީ ސްޕޮޓިފައިއާ ގުޅިގެން ގެނެސްދޭ ޝޯތައް ވާނީ އަޑު އަހާލަން ޝައުގުވެރި އަދި ދުނިޔެ އަށް މި ވަގުތު ދިމާވެފައިވާ އެކި ކަހަލަ މައްސަލަތަކާ ބެހޭ ގޮތުން ފުޅާ ދާއުރާއެއްގައި ވާހަކަ ދެކެވި، މަޝްވަރާ ކުރެވި އަދި ބަހުސް ވެސް ކުރެވޭ ކަހަލަ ޝޯތަކަކަށް ކަމަށެވެ.

"އަހަރެން އަބަދު ގަބޫލު ކުރާ ކަމެއް ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރަން މަސައްކަތް ކުރުމަކީ. އެގޮތުން ސްޕޮޓިފައިއާ އެކު ކުރެވޭ މަސައްކަތުން ވެސް ނަތީޖާތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން ބޮޑު،" އެމެރިިކާގެ ރައީސްކަން ދެ ދައުރަކަށް އަދާ ކުރެއްވި އަދި މުޅި ދުނިޔޭގެ ލޯބި ވެސް ވަރަށް ބޮޑަށް ހޯއްދެވި އޮބާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްޕޮޓިފައި އިން ޕޮޑްކާސްްޓް ކުރާ ޝޯތަކުން މީހުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ވެސް އަންނާނެ އެވެ. އަދި މިއީ މުނިފޫހި ވެސް ފިލުވައި ދޭ ކަހަލަ ޝޯތަކަކަށް ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ސްޕޮޓިފައިގެ ޗީފް ކޮންޓެންޓް އޮފިސަރު ޑޯން އޮސްޓްރޮފް ވިދާޅުވީ ވަރުގަދަ ދެ ޝަހުސިއްޔަތަކާ އެކު މަސައްކަތް ކުރަން ސްޕޮޓިފައި އަށް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ސަބަބުން ސްޕޮޓިފައި ސަބްސްކްރައިބަރުންގެ އަދަދު ވެސް އުފުލިގެން ދާނެ އެވެ.

"އަހަރެމެން މި ތިބީ ވަރަށް ވެސް ތަފާތު އަދި ޝައުގުވެރި ޝޯތަކެއް ގެނެސް ދޭން ތައްޔާރަށް،" ޑޯން ވިދާޅުވި އެވެ.

Barack Obama ge dhekanbakunge 7 uffehdhumeh Netflix ah

Barack Obama ge dhekanbakunge 7 uffehdhumeh Netflix ah

The most trusted news source in the Maldives

Mihaaru

އޮބާމާގެ ދެކަނބަލުން ނެޓްފްލިކްސްއާ ގުޅިގެން ގިނަ އުފެއްދުންތަކެއް ގެނެސް ދޭނެ.

ނެޓްފްލިކްސްއާ ގުޅިގެން އޮބާމާގެ ދެމަފިރިން ގެނެސް ދޭން ނިންމާފައިވާ އުފެއްދުންތަކުގެ ތެރޭގައި ސީރީޒްތަކާއި ފިލްމުތަކާއި ޑޮކިއުމަންޓްރީ ހިމެނެ އެވެ.