Roadha Mihaaru
އޮބާމާ ވޮޝިންޓަނުން އަގު ބޮޑު ގެއެއް ބައްލަވައިގެންފި

އޮބާމާ ވޮޝިންޓަނުން 8 މިލިއަން ޑޮލަރަށް ގެއެއް ބައްލަވައިގެންފި

01 ޖޫން 2017

ވޮޝިންޓަން (ޖޫން 1) - އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވޮޝިންޓަނުގެ މަޝްހޫރު ހިސާބަކުން 8.1 މިލިއަން ޑޮލަރަށް ގެއެއް ބައްލަވައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 1) - އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވޮޝިންޓަނުގެ މަޝްހޫރު ހިސާބަކުން 8.1 މިލިއަން ޑޮލަރަށް ގެއެއް ބައްލަވައިގެންފި އެވެ.

އޮބާމާ އާއި މިޝޭލް މިދިޔަ ޖެނުއަރީ މަހު ވައިޓް ހައުސް އިން ނުކުމެވަޑައިގަތުމަށް ފަހު ފުރަތަމަ ނިންމެވީ ވޮޝިންޓަނުގައި ވަގުތީ ގޮތުން ދިރިއުޅުއްވުމަށެވެ. އެއީ ދަރިކަނބަލުން ސާޝާ ހައި ސްކޫލް ނިމެންދެނެވެ. އޮބާމާ ކުރިން ނިންމަވާފައި ވަނީ ޝިކާގޯ އިން ގެއެއް ބައްލަވައިގަތުމަށެވެ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

އޮބާމާ ބައްލަވައިގެންނެވި އަށް ކޮޓަރީގެ 8،200 އަކަ ފޫޓުގެ ގެއަކީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން އޮބާމާގެ އާއިލާ ކުއްޔަށް ދިރިއުޅުއްވި ގެ އެވެ. އޮބާމާ ގެ ބައްލަވައިގަތީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕާއި ފިރިކަލުން ޖާރެޑް ކުޝްނާ ވެސް ދިރިއުޅުއްވާ ކަލޮރާމާ ސަރަހައްދުންނެވެ. މި ސަރަހައްދުގައި ދިރިއުޅުއްވާ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަދި އެމޭޒޮންގެ ފައުންޑަ ޖެފް ބެޒޯސް ވެސް ހިމެނެ އެވެ.

އޮބާމާ ބައްލަވައިގެންނެވި ގޭގެ ބެޑްރޫމެއް

އޮބާމާ ބައްލަވައިގެންނެވި ގޭގެ ބެޑްރޫމެއް

"އޮބާމާ އާއި އަނބިކަނބަލުން އަދި ދެ އަހަރު ބައި ވޮޝިންޓަނުގައި ދިރިއުޅުއްވާނެ. އެހެންވެ ކުއްޔަށް ދިރިއުޅުއްވުމަށް ވުރެ ގެ ބައްލަވައިގަތުން ރަނގަޅުވާނެތީ އެގޮތަށް ނިންމެވީ،" އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވިދާޅުވި އެވެ.

އޮބާމާ ބައްލަވައިގެންނެވި ގޭގައި ކުރިން ދިރިއުޅުއްވީ ކުރީގެ ރައީސް ބިލް ކްލިންޓަނުގެ ޕްރެސް ސެކްރެޓަރީ ޖޯ ލޮކާޓް އާއި އަނބިކަނބަލުން ޖިއޮވާނާ ގްރޭ އެވެ. ލޮކާޓް އެ ގެ 2014 ވަނަ އަހަރު ބައްލަވައިގަތީ 5.2 މިލިއަން ޑޮލަރަށެވެ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

އޮބާމާ ބައްލަވައިގެންނެވި ގެއަކީ ކަލޮރާމާ ސަރަހައްދުން ދެ ވަނަ އަށް އެންމެ އަގު ބޮޑު ގެ އެވެ. އެ ސަރަހައްދުގެ އެންމެ އަގު ބޮޑު ގޭގައި ދިރިއުޅުއްވަނީ އެމޭޒޮންގެ ފައުންޑާ ބެޒޯސް އެވެ. އެ ގޭގެ އަކީ 23 މިލިއަން ޑޮލަރެވެ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

އޮބާމާ ބައްލަވައިގެންނެވި ގެ އިމާރާތްކޮށްފައި ވަނީ 1920 ގެ އަހަރުތަކުގަ އެވެ. އެ ގެ މަރާމާތުކޮށް، ބޮޑުކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ. އޮބާމާ ގެ ބައްލަވައިގެންނެވި ކަލޮރާމާ އަކީ ސަރުކާރުގެ ވަޒީރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަދި ސަރުކާރުގެ ވެރިންނާއި ވިޔަފާރިވެރިން ދިރިއުޅުއްވުމުގެ ތާރީޚެއް އޮތް މަޝްހޫރު ސަރަހައްދެކެވެ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

ވޮޝިންޓަނުން އޮބާމާ ބައްލަވައިގެންނެވި ގޭ.

އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ވަނީ އެ ދެބޭފުޅުންގެ ބަޔޮގްރަފީ ޝާއިއު ކުރަން ޕެންގުއިން ހައުސްއާ އެކު 60 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފަ އެވެ.