Roadha Mihaaru
އެމެރިކާގެ ފަސްޓް ލޭޑީންގެ ސީރީޒެއް

އެމެރިކާގެ ފަސްޓް ލޭޑީންގެ ވާހަކަތައް ކިޔައިދޭ ސީރީޒެއް

10 ފެބުރުއަރީ 2020

އެމެރިކާގައި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ވާހަކަ ކިޔައިދޭ އެންތޮލޮޖީ ސީރީޒެއް ގެނެސްދޭން ޝޯޓައިމުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި އެކި ދުވަސްވަރު ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ވާހަކަ ކިޔައިދޭ އެންތޮލޮޖީ ސީރީޒެއް ގެނެސްދޭން ޝޯޓައިމުން ނިންމައިފި އެވެ.

"ފަސްޓް ލޭޑީޒް" ގެ ނަން ދީފައިވާ މި ސީރީޒް ސީޒަންތަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ އިރު، ފުރަތަމަ ސީޒަނުގައި ކިޔައިދޭނީ އެމެރިކާގެ 32 ވަނަ ރައިސް ފްރޭންކްލިން ޑީ ރޫޒެވެލްޓްގެ އަނބިކަނބަލުން އެލިނާ ރޫޒަވެލްޓް އާއި އެމެރިކާގެ 38 ވަނަ ރައީސް ޖެރާލްޑް ފޯޑްގެ އަނބިކަނބަލުން ބެޓީ ފޯޑްގެ ވާހަކަ އެވެ.

މީގެ އިތުރުން މި ސީރީޒްގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާގެ ވާހަކަ ވެސް ކިޔައިދޭނެ އެވެ. އޭނާގެ ރޯލް ކުޅޭނެ ބަތަލާއަކަށް ހަމަޖައްސާފައި ވަނީ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ކުޅަދާނަ ބަތަލާ ވައޯލާ ޑޭވިޒެވެ.

ނަމަވެސް "ފަސްޓް ލޭޑީޒް" ގައި ދެން ކިޔައިދޭނެ ފަސްޓްލޭޑީންގެ ނަންތަކެއް އަދި ހާމައެއްނުކުރެ އެވެ.

ޝޯޓައިމާއި ލަޔަންސްގޭޓް ގުޅިގެން ގެނެސްދޭ ސީރީޒް ލިޔެ، ޑައިރެކްޓްކުރާނީ "ފޯ ސީޓްސް: އަ ތުރިލާ އޮފް ދަ ސުޕްރީމް ކޯޓް" ގެނެސްދިން އާރޮން ކޫލީ އެބެ. ނަމަވެސް "ފަސްޓް ލޭޑީޒް" ގައި އެޕިސޯޑްތައް ހިމެނޭނެ އަދަދާއި ޕްރިމިއާކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.