Roadha Mihaaru
އެންމެ ބަރު މީހާ ފަރުވާ އަށް ޔޫއޭއީގައި އެޑްމިޓްކޮށްފި

އެންމެ ބަރު މީހާ ފަރުވާ އަށް ޔޫއޭއީގައި އެޑްމިޓްކޮށްފި

05 މެއި 2017

ދުބާއީ (މެއި 5) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް ބަލާ މިސްރުގެ އީމާން އަހުމަދަށް އިންޑިއާގެ މުމްބާއީގައި ފަރުވާ ދިނުމަށް ފަހު އޭނާގެ އާއިލާ އާއި ހޮސްޕިޓަލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި އެންމެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި އިރު ބަރުދަނުގައި 500 ކިލޯ (1،102 ރާތާ) ހުރި ކަމަށް ބުނާ އީމާން ޔޫއޭއީ އަށް ގެންދަން އިންޑިއާގެ ހޮސްޕިޓަލުން ދޫކޮށްލީ އިއްޔެ އެވެ. އޭނާ ދޫކޮށްލި އިރު ބަރުދަން ދެބައިކުޅަ އެއްބަޔަށް ދަށް ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަރުހުންނާއި ޑޮކްޓަރުންނާ އެކު އީމާން ޔޫއޭ އަށް ދަތުރު ކުރީ ފަސްޓް ކްލާހުގަ އެވެ. އަބޫ ދާބީގެ ބުރްޖީލް ހޮސްޕިޓަލުގައި އީމާން އަށް އަހަރެއްހާ ދުވަހު ފިޒިއޮތެރަޕީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އީމާން ޔޫއޭއީ އަށް ގެންދިޔައީ މުމްބާއީ ހޮސްޕިޓަލުން ދޭ ފަރުވާއާ މެދު އާއިލާ އިން ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައި ވަނިކޮށެވެ. އީމާންގެ ބަރުދަން ދެބައިކުޅަ އެއްބަޔަށް ލުއި ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އީމާންގެ ކޮއްކޮ ޝައިމާ ސާލިމް ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ހޮސްޕިޓަލުން ހަދަނީ ދޮގު ކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންނާ އެކު އީމާން ޔޫއޭއީ އަށް ގެންދިޔައީ ބިޒިނަސް ކްލާހުގައި. --ފޮޓޯ:އޭއެފްޕީ

ޑޮކްޓަރުންނާއި ނަރުހުންނާ އެކު އީމާން ޔޫއޭއީ އަށް ގެންދިޔައީ ބިޒިނަސް ކްލާހުގައި. --ފޮޓޯ:އޭއެފްޕީ

އީމާން، 36، އަށް ފަރުވާ ދޭ މަޝްހޫރު ބެރިއޭޓްރިކް ސާޖަން މުއްފަޒަލް ލަކްދަވާލާ ވިދާޅުވީ ސާލިމް ބޭނުން ވަނީ އީމާނަށް ހިނގެންދެން ހޮސްޕިޓަލުގައި ބާއްވަން ކަމަށެވެ. އެކަމަކު އޮތޯޕީޑިކް ޚާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި އީމާން އަށް ނުހިނގޭނެ ކަމަށް ލަކްދަވާލާ ވިދާޅުވި އެވެ.

ފަރުވާ ދިނުމަށް އިމާން މުމްބާއީ އަށް ފެބްރުއަރީ 11 ވަނަ ދުވަހު ގެންދިޔައީ އެއާބަސްގެ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ. އެވެ. ދިޔާ ތަކެތި ދިނުމާއި ފިޒިއޮތެރަޕީ ހައްދައިގެން އޭނާގެ ބަރުދަނުން މަސް ދުވަސްތެރޭ ވަނީ 100 ކިލޯ ލުއިކޮށްފަ އެވެ. މާޗް 7 ވަނަ ދުވަހު ވަނީ ލެޕަރޮސްކޯޕިކް ސްލީވް ގެސްޓްރެކްޓޮމީ ސާޖަރީއެއް ހަދައިފަ އެވެ. މާޗް 29 ވަނަ ދުވަހު އީމާންގެ ބަރުދަން ހުރީ 340 ކިލޯގަ އެވެ. ތޭރަ ދުވަސް ތެރޭ އީމާންގެ ބަރުދަނުން 98 ކިލޯ ލުއިވިކަން ޑޮކްޓަރު އިއުލާން ކުރެއްވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.

އީމާންގެ އާއިލާ އިން ބުނީ އޭނާ ވިހޭއިރު ވެސް ބަރުދަނުގައި ފަސް ކިލޯ ހުރި ކަމަށެވެ. އަދި އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން އާދަޔާޚިލާފަށް އަވަހަށް އިތުރުވަމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ ގެއިން ނުނިކުންނަތާ ވެސް 25 އަހަރުވެއްޖެ އެވެ.