ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރަން ނިންމުމަށް ފަހު، މާދަމާ އަށް ފަސްކޮށްފި އެވެ.
08 މެއި 2017
ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކުރަން ނިންމުމަށް ފަހު، މާދަމާ އަށް ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ބާ ޖަމާލުއްދީން ސްކޫލުގައި ހުންނަ އިންތިހާބާ ބެހޭ މައި މަރުކަޒުގައި އެ ދާއިރާއެއް ނުވަތަ ކައުންސިލެއްގެ ވަގުތީ ޖުމްލަ ނަތީޖާ މިއަދު އިއުލާންކުރަން ފަށާނެ ކަމަށެވެ. އެކަމަކު ނަތީޖާ އިއުލާންކުރުން މާދަމާ ހެނދުނު 11:00 ގައި ފަށާގޮތަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ވަގުތީ ނަތީޖާ އިއުލާންކުރުން ލަސްކުރި ސަބަބެއް އެ ކޮމިޝަނުން ނުބުނެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށްގެން އެ ކޮމިޝަނަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެކަން ލަސްވަނީ، ސަރުކާރުން މަޖުބޫރުކޮށްގެން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންދާތީ އެވެ.
ވާދަވެރި މި އިންތިހާބުގައި، މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެމްޑީޕީންނެވެ. ބައެއް މީޑިއާތަކާއި އޮބްޒާވަރުންނާއި މޮނިޓަރުންގެ ނަތީޖާތަކަށް ބަލައި ތައްޔާރުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ތިން ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ.
އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ. އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި އެތައް ފިއްތުންތަކާއި ބިރުދެއްކުންތަކާ އެކު ވެސް އިންތިހާބުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީ އާއި އިދިކޮޅު އިއްތިހާދަށް ވަނީ ލިބިފަ އެވެ. އެކަމަކު ޕީޕީއެމުން ބުނަނީ، އިންތިހާބުގެ މެޖޯރިޓީ ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ނުބައި ވޯޓަކާ ހެދި މަޑިފުށީ އިންތިހާބު ދެވަނަ ބުރަކަށް
އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
26 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ބަލަނީ
24 ނަތީޖާ ޝީޓެއް ކަށަވަރު ކުރަން ވޯޓު ގުނަނީ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
ވޯޓުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ