މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން 26 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އަލުން ބަލަން ފަށައިފި އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން 26 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އަލުން ބަލަން ފަށައިފި އެވެ.
ސެކިއުރިޓީ އުރަ ކަނޑާލައި، ޗެކް ކުރަމުންދާއިރު، އެ އުރައިގައި ހުރި އެކި ދާއިރާތަކުގެ ވޯޓު ކަރުދާސްތަކުގެ ތެރެއިން މައްސަލަ ފާހަގަކުރެވޭ ކަރުދާސްތައް ވެސް އީސީގެ އޮފިޝަލުން މިހާރު އަންނަނީ ޗެކް ކުރަމުންނެވެ. އެގޮތުން ބައެއް ފޮށި ބާތިލް ވޯޓާއި ވޯޓުލީ މީހުންގެ އަދަދު ދިމާވޭތޯ ބެލުމާއި ވޯޓުލުމަށް ފަހު ބާކީވި ކަރުދާސްތައް އަލުން ޗެކްކުރަމުން އެބަދެ އެވެ. އަދި އެ ކަރުދާސްތައް ޗެކްކުރުމަށް ފަހު ސެކިއުރިޓީ އުރަ ބަންދުކޮށް، ވަގުތީ ނަތީޖާ އެ ތަނުގައި އިއުލާން ކުރެ އެވެ.
ސެކިއުރިޓީ އުރަ ކެނޑުމަށް ފަހު އަލުން ޗެކްކުރާ ފޮށިތަކުގެ ތެރޭގައި މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ ފޮއްޓަކާއި މާފުށީ ޖަލުގެ ފޮއްޓަކާއި ފުވައްމުލަކު މެދު ދާއިރާގެ ފޮއްޓެއް ހިމެނެ އެވެ. މިހާރު ޗެކްކުރަމުންދާ ފޮށިތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނީ އެ މައްސަލައެއް ބެލުމަށް ފަހު އެވެ.
ސެކިއުރިޓީ އުރަ ކަނޑައި އަލުން ޗެކްކުރާއިރު، އެތަނުގައި ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނިޓަރުން ވެސް ހަރަކާތްތެރިވެ އެވެ.
އިންތިހާބުގައި ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ފޮށިތައް ހުޅުވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ އިންޒާރު ދޭ މޭރުމަކުން ވާހަކަ ދެއްކެވުމުން އެތަނުގައި ތިބި މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، އެގޮތަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ބުންޏެވެ. އަދި އެތަނުގައި ބަޔަކު ހަމަނުޖެހުން އުފައްދަން ނޫޅެނީސް އެގޮތަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ބާ ޖަމާލުއްދީންގައި ހިންގާ އީސީގެ މަރުކަޒުގައި، މިއަދުގެ މެންދުރުފަހު 3:00 އިން ފެށިގެން ޝީޓްތައް އަލުން ޗެކް ކުރަމުންދާއިރު، ލޯކަލް އިންތިޚާބުގައި މިހާތަނަށް އާންމުވެފައިވާ ނަތީޖާތަކަށް ބަލާއިރު ކުރީގައި އުޅެނީ އިދިކޮޅު ފަރާތްތަކެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން އިއުލާން ކުރަމުން އައި ނަމަވެސް އަދި ހުރިހާ ދާއިރާތަކެއްގެ ނަތީޖާ އިއުލާނެއް ނުކުރެވެ އެވެ.
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ނުބައި ވޯޓަކާ ހެދި މަޑިފުށީ އިންތިހާބު ދެވަނަ ބުރަކަށް
އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
24 ނަތީޖާ ޝީޓެއް ކަށަވަރު ކުރަން ވޯޓު ގުނަނީ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
ނަތީޖާ އިއުލާންކުރުން މާދަމާ އަށް ފަސްކޮށްފި
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
ވޯޓުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ