މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 24 ނަތީޖާ ޝީޓެއް ކަށަވަރު ކުރަން ވޯޓު ކަރުދާސް ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 24 ނަތީޖާ ޝީޓެއް ކަށަވަރު ކުރަން ވޯޓު ކަރުދާސް ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު ކަރުދާސްތައް އަލުން ގުނަނީ އިތުރަށް ކަށަވަރު ކުރުމަށް ކަމަށެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ވޯޓު ކަރުދާސް ގުނުން ކުރިއަށް ގެންދާނީ މެންދުރުފަހު 3:00 ގައި، ބާ ޖަމާލުއްދީންގައި ހިންގާ އީސީގެ އިންތިޚާބީ މަރުކަޒުގަ އެވެ.
ލޯކަލް އިންތިޚާބުގެ ބައެއް ޝީޓްތައް އަލުން ގުނަން ނިންމިއިރު، އީސީން އަންނަނީ ވަގުތީ ނަތީޖާ އިއުލާން ކުރަމުންނެވެ. މިހާތަނަށް އާންމުވެފައިވާ ނަތީޖާތަކަށް ބަލާއިރު، މި އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ތިން ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
އިންތިހާބުގައި 66 ޕަސެންޓު މީހުން ވޯޓުލި: އިލެކްޝަން
ނުބައި ވޯޓަކާ ހެދި މަޑިފުށީ އިންތިހާބު ދެވަނަ ބުރަކަށް
އިންތިޚާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
26 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ބަލަނީ
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
ނަތީޖާ އިއުލާންކުރުން މާދަމާ އަށް ފަސްކޮށްފި
އިންތިހާބުގެ ބޮޑު މައްސަލަ: ވަގުތު އިތުރުކުރުން
ވޯޓުގައި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވޭ