15 މެއި 2017
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން އަންނަ މަހު 3ގައި ހުވާ ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން އަންނަ މަހު 3ގައި ހުވާ ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ އާ ކައުންސިލަރުން ހުވާކުރުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ކަނޑައެޅިފައިވާ ދުވަހަށް ހުވާ ކުރުމުގެ މަސައްކަތް ނިންމާލެވޭތޯ ކަމަށެވެ. އެކަމަކު ލިބުނު ވޯޓު އެއްވަރު ވެގެން، ދެ ވަނަ އިންތިހާބެއް ބާއްވަން ޖެހޭ ކައުންސިލްތަކުގެ އިންތިހާބު ލަސްވެއްޖެ ނަމަ، ހުވާ ކުރާ ތާރީހު ވެސް ފަސްކުރަން ޖެހިދާނެ ކަމަށް އެތަނުން ބުންޏެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެގެން އަލުން ބާއްވަން ޖެހެނީ ށ. ކޮމަންޑު އާއި ތ. މަޑިފުށީ ކައުންސިލްގެ އިންތިހާބެވެ. އެކަމަކު އެ އިންތިހާބު އޮންނާނެ އިރެއް އަދި އިލެކްޝަންސްއަކުން އިއުލާނެއް ނުކުރެ އެވެ.
"މިހާރު ހަމަޖެހިފައި އޮތް ގޮތުން އަންނަ މަހު ތިނެއްގައި ހުވާކުރުން އޮންނާނެ. އެކަމަކު އެކަން ވާނީ ދެ ވަނަ ބުރަކަށް ދާން ޖެހޭ ކައުންސިލްތަކުގެ އިންތިހާބު އޭގެ ކުރިން ނިމިއްޖެ ނަމަ. އެހެން ނޫނީ ހުވާކުރުން ފަސް ކުރަން ޖެހިދާނެ،" އެލްޖީއޭގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަރުން ހުވާކުރާނެ ތަނެއް ކަނޑައަޅާނީ އެ ކައުންސިލަކުން އަމިއްލަ އަށެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެކަމަކު ކައުންސިލް އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ދާއިމީ ނަތީޖާ 14 ދުވަސް ތެރޭގައި އިއުލާންކުރަން ޖެހެ އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް 655 ކައުންސިލަރުން އިންތިހާބުކޮށްފައިވާއިރު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
އާ ކައުންސިލަރުން ހުވާކުރަން ފަށައިފި
އިންގިލާބީ ބަދަލަށް ރައްޔިތުން ވޯޓުފޮށިތައް ކުރިމައްޗަށް
ނ. އަތޮޅު ކައުންސިލަށް ވެސް ރައީސަކު ނުހޮވުނު
"ވޯޓުލުން ދިޔައީ އޮމާންކޮށް، މާބޮޑު ޝަކުވާއެއް ނެތް"
ޝަކުވާތަކާ އެކު ދެފަރާތް ވެސް ކާމިޔާބީގެ އުއްމީދުގައި
ލޯކަލް އިންތިހާބުގެ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ވޯޓުލާ ލިސްޓް އާއްމުކޮށް، ޝަކުވާ އަށް ހުޅުވާލައިފި
ބަޔާން ނެރުނީ އިންކުއަރީ ލަސްވެ މުއާލާތް ކެނޑޭނެތީ
ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލެއް ނުކުރި
ބަޔާން ބާތިލް ކުރުމަށް އެލްޖީއޭ އިން އަންގައިފި